1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އަނިޔާވެރި ޔާމީން އަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް - އާޒިމް

69DACB6B-2A74-49AC-9642-5FAAF0F149CC
ސާއި ޢަލީ
956ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޔާމީންއަށް އެއްވެސް ވަރެއްގެ ޝައުގުވެރިކަމެއް ނެތް ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް މީހުން ދިޔަ ނުދޭން އެމްޓީސީސީގެ ބަސް ދަތުރުތައް ހުއްޓާލައިގެން އުޅޭ ކަމަށް ބުނެ، އިދިކޮޅު ސަޕޯޓަރަކު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަނިޔާވެރި (ރައީސް ޔާމީން) އަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި، އެމްޓީސީސީގެ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓުމެއް ނެތި ރޭޔގަވެސް ކުރިއަށް ދިޔަ ކަމަށެވެ.

300 × 250

އާޒިމްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ ހުރިހާ ރައްޔިތުންގެ ރައީސް ކަމަށާއި، އެމްޓީސީސީއަށް ރައީސް ނަސޭހަތްތެރިވެފައިވަނީ ހުރިހާ ރައްޔިތުންނަށް އޯގާތެރިކޮށް ހިދުމަތް ދޭން ކަމަށެވެ.

https://twitter.com/adamazim/status/1467020379524792321

އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން ވަނީ، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމިން މިނިވަންވުމާ ގުޅިގެން ރޭ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އިދިކޮޅުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ގިނަ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި