ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު ފެތުރި، އެ ރަށުގެ އައިސްޕްލާންޓާއި އިތުރު އުޅަނދުތަކެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:15 ހާއިރުއެވެ. މި ހާދިސާއާ ގުޅޭގޮތުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ، ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި އެހެން ތަންތަނަށް ފެތުރި، ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި ރަށުގެ އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާ ކަމަށެވެ. މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތް ކުރާ ބަނގްލަދޭޝްގެ ފަޅުވެރިއަކަށް އަނިޔާވެފައިވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. "މި ހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ފަޅުވެރިއަކު ވަރަށް ބޮޑަށް ފިހިފައިވޭ. އޭނާއަށް މިހާރު ފީއަލީ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާ ދެމުން،" ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ. އަލިފާނުގެ މި ހާދިސާގައި ލިބުނު ގެއްލުންތަކަށް ބަލާއިރު، ފީއަލީ އައިސްޕްލާންޓް އެއްކޮށް އަނދާފައިވާ ކަމަށާއި، މީގެ އިތުރުން ރަށުގެ ދެ ދޯންޏެއްވެސް އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. މިއީ އެ ރަށުގެ މަސްވެރިކަމަށް ބޭނުންވާ މުހިންމު ވަސީލަތްތަކަކަށް ވުމުން، މިއީ ރަށަށް ލިބުނު ވަރަށް ބޮޑު އުނިކަމެކެވެ. ތެޔޮ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.
ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އައިސްޕްލާންޓް އެއްކޮށް އަނދައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.