ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި އަޑިއަށްދިޔަ "އުދަރެސް" ބޯޓު އަޑިއަށް ދިޔައީ، މިދިޔަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ސްކޫލަށް ފޮނުވި ގިނަ އަދަދެއްގެ މުދަލާއެކު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގެ ކިޔެވުން އަލުން ފެށުމަށް ބޭނުންވާނެ ގިނަ ސާމާނުތަކެއް އެ ބޯޓުގައި ހުއްޓެވެ. އޭގެ ތެރޭގައި ސްކޫލުގެ ޕްރިންޓަރުތަކާއި، އޭސީތަކާއި، މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންވާނެ ލޮކަރުތަކުގެ އިތުރުން ތަފާތު އަގުބޮޑު ގިނަ ސާމާނުތަކެއް ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކުގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭގެ ތެރެއިން އެކަކު ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައިވާއިރު، އިތުރު 11 މީހަކު ވަނީ ރިސޯޓެއްގެ ދޯންޏަކަށް ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. މީގެ އިތުރުން 81 އަހަރުގެ ދުވަސްވީ މީހަކު ކަނޑުމަތިން ސަލާމަތްކޮށް، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގެ އިތުރުން، ފީއަލީގައި ހިނގި އެހެން އަލިފާނުގެ ހާދިސާއެއްގައި ބޯޓެއްގައި ރޯވެ، ކައިރީގައި ހުރި ތިން ދޯންޏަކާއި އައިސްޕްލާންޓެއްގައި ވެސް ވަނީ ރޯވެފައެވެ. މި ހާދިސާގައި ބޯޓުގައި ތިބި ދެ މީހުން މޫދަށް ފުންމާލި އިރު، އޭގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. "ފިހުނު މީހާ ފުދޭ ވަރަކަށް ފިހިފައި އޮތީ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެނީ،" ފީއަލިން މައުލޫމާތު ދިން މީހަކު ބުންޏެވެ. ފީއަލީގައި ހިނގި މި ހާދިސާގައި 25 ޓަނުގެ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭގަނޑު 10:35 ހާއިރުއެވެ.
އުދަރެސް ބޯޓުގައި, ގއ ވިލިނގިލީ އަތޮޅު ސްކޫލަށް ފޮނުވި ގިނަ އަދަދެއްގެ މުދާތަކެއް؛ ހުރިހާ މުދަލެއް ބޯޓާއެކު އަޑިއަށް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.