އިސްރާއީލުން ލުބުނާނަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް، އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ބަޔާނެއް ނެރެފިއެވެ. ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުނީ، އިއްޔެގެ ވަގުތެއްގައި އިސްރާއީލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިސްރާއީލުގެ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، ސުލްހަ ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި ހިންގަމުންދާ އަމަލުތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލަމުން ހާރިޖީ ވުޒާރާއިން ބުނީ، "އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވަމުންދާތީ އެކަމަށް އިސްރާއީލް ޖަވާބުދާރީ ކުރުވައި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން" ކަމަށެވެ. މީގެ އިތުރުން، ލުބުނާނުގެ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ މިނިވަންކަން ދެމެހެއްޓުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއިދުކުރާ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ރައްޔިތުންނާ އެކު ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ. އިސްރާއީލުން އިއްޔެ ލުބުނާނަށް ދިން ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން ބުނަމުންދަނީ އީރާނާއެކު ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއްގައި ލުބުނާން ނުހިމެނޭ ކަމަށެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި ލުބުނާން ވެސް ހިމެނޭ ކަމަށެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލަތައް ކުށްވެރިކުރަން؛ އިސްރާއީލުގެ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސުލްހައަށް ބުރޫއަރާ: ޚާރިޖީ ވުޒާރާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.