ދިވެހި ފިލްމު “ޕަރީ – ޗެޕްޓާރ 1” އަދި “ޗެޕްޓާ 2” ގެ ޓިކެޓް އޮންލައިންކޮށް ވިއްކުމަށް ހާއްސަކޮށްފައިވާ ވެބްސައިޓަށް ފުލުފުލުގައި ސައިބާ އެޓޭކްތަކެއް އަންނަމުންދާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަދި އެއް ޕްރޮޑިއުސަރު އަލީ ސީޒަން ބުނެފިއެވެ. މީޑިއާތަކާ ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ސީޒަން ބުނީ، މި އެޓޭކްތަކުގެ ސަބަބުން ވެބްސައިޓް އެއްކޮށް ސްޓޭބަލް ނުކުރެވި، އޮންލައިންކޮށް ޓިކެޓް ނެގުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް ޓެކްނީޝަނުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މިކަމާ ގުޅިގެން ސީޒަން ބުނީ، “ކޮންމެ ބަޔަކު ކުރިއަސް، ކޮންމެ މީހަކު މީގެ ފުރަގަހުގައި ހުރެގެން މިކަން ކުރިއަސް، ދެން ވަރަށް ދަށު ދަރަޖައިގެ ކަންކަން މި ހުންނަނީ. ފިލްމެއްގެ ޓިކެޓް ވިއްކާ ވެބްސައިޓަކަށް ސައިބާ އެޓޭކެއް ދީ ޓިކެޓު ގަންނަން ތިބި މީހުންނަށް އުނދަގޫކޮށްލީމަ ދެން ވަރަށް ހެއްވާ ކަންކަން މި ހުންނަނީ” ކަމަށެވެ. ވެބްސައިޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން އޮންލައިންކޮށް ޓިކެޓް ނެގުމުގައި ދަތިވާ ފަރާތްތަކަށް، އޮލިމްޕަހުގެ ކައުންޓަރަށް ގޮސްގެން ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ވަނީ ބުނެފައެވެ.
'ޕަރީ' ގެ ޓިކެޓް ވިއްކާ ވެބްސައިޓަށް ސައިބާ އެޓޭކްތަކެއް؛ ކޮންމެމީހަކު ކުރިޔަސް މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް: ސީޒަން

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.