1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޙުރުމަތްތެރި މައްސަރުތަކުގައި ކުރާ ފާފަތަކުގެ ނުބައިކަން ބޮޑު: ޚުޠުބާ

yu
ޙުރުމަތްތެރި މައްސަރުތަކުގައި ކުރާ ފާފަތަކުގެ ނުބައިކަން ބޮޑު
މަރްޔަމް ޝަފާ ސައީދު
153ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޙުރުމަތްތެރިކުރެވިގެންވާ މައްކާގެ ޙަރަމްފުޅުގައި ފާފައަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ފަދައިން، ޙުރުމަތްތެރި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ވެސް ބޮޑުވެގެންވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މާތް ﷲ ގެ ޝިޢާރުތައް މަތިވެރިކޮށް، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމަށް ބާރުއަޅަމުން ޚުޠުބާގައި ވަނީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތުތަކާއި މައްސަރުތައް ޚާއްޞަކުރައްވައި މާތްކުރައްވައިފައިވަނީ އަޅުތަކުން އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާ ހަވާލާދީ ޚުޠުބާގައި ބުނީ، އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ ﷲ ކަނޑައަޅުއްވައިފައިވާ ގޮތުގައި އަހަރެއްގެ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަސް ކަމަށާއި، އޭގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މަސްތަކެއް ކަމަށެވެ.

ޙުރުމަތްތެރިވެގެންވާ މަސްތަކަކީ ކޮބައިކަން ބަޔާންކޮށްދެމުން ޚުޠުބާގައި ބުނީ، އެއީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހުގެ އިތުރުން ރަޖަބު މަސް ކަމަށެވެ. ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން އެމީހުން ހިތުހުރި ގޮތަކަށް މި މަސްތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ޙައްޖަތުލްވަދާޢުގައި މާތް ނަބިއްޔާ ﷺ ވަނީ މި މަސްތަކަކީ ކޮބައިކަން އުންމަތަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

300 × 250

އިބުނު އައްބާސްގެ ބަސްފުޅަކާ ހަވާލާދީ ޚުޠުބާގައި އިތުރަށް ބުނީ، އެ ހަތަރު މަހުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރެއްވި ފަދައިން، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ތެވާބު ވެސް އިތުރުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަރުތަކުގައި އަމިއްލަ ނަފުސުތަކަށް އަނިޔާވެރިނުވުމަށް މާތް ﷲ އަމުރުކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައް ކުރުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ކޮންމެ ވަގުތެއްގައި ވެސް ފާފަކުރުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެއް ކަމަށެވެ. ނަމަވެސް، ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން މާ ބޮޑުވެގެންވަނީ، އެއީ ﷲއަށް އުރެދުމުގެ އިތުރުން، އެކަލާނގެ މަތިވެރިކުރެއްވި ކަންކަމުގެ ޙުރުމަތް ކަނޑައި އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީ ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، މިފަދަ މާތް ދުވަސްތަކާއި މައްސަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ފާފަތަކުން ދުރުހެލިވެ ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި