1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލ ގަމުގެ ތާރީޚީ 'ޕަރީ ފެންގަނޑު' ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލައިފި

l9
ލ ގަމުގެ ތާރީޚީ 'ޕަރީ ފެންގަނޑު' ބަލާލުމަށް ހެދި ޕްލެޓްފޯމްގައި، (ޕްލެޓްފޯމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން)----ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ
މަރްޔަމް ޝަފާ ސައީދު
201ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލ. ގަމުގައި އޮންނަ ތާރީޚީ އަދި ގުދުރަތީ ރީތިކަން ލިބިފައިވާ ”ބޮޑަ ފެންގަނޑަ“ ނުވަތަ ޕަރީ ފެންގަނޑު ބަލާލުމަށް ހެދި ޚާއްސަ ޕްލެޓްފޯމް ރަސްމީކޮށް އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. މި ޕްލެޓްފޯމް ހުޅުވުމަށްޓަކައި މިއަދު ވަނީ އެ ސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ލާމު ގަމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއީ އެންދެރި ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު ހެރިޓޭޖް ސޮސައިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ޖުމްލަ 450,000 (ހަތަރުލައްކަ ފަންސާސް ހާސް) ރުފިޔާގެ ބަޖެޓަކުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

l6ލ ގަމުގެ ތާރީޚީ 'ޕަރީ ފެންގަނޑު' ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން----ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ

300 × 250

 

 

ކައުންސިލުން ވިދާޅުވީ، މި ޕްލެޓްފޯމުގެ ސަބަބުން ޕަރީ ފެންގަނޑުގެ ރީތި މަންޒަރުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޕްލެޓްފޯމު މަތީގައި ތިބެގެން ރައްކާތެރިކަމާއެކު އެ މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މިއީ އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

l8ލ ގަމުގެ ތާރީޚީ 'ޕަރީ ފެންގަނޑު' ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން----ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ

މި މަޝްރޫއުގެ ދަށުން އެ ސަރަހައްދު ބަލައިލުމަށް ޚާއްސަ ޕްލެޓްފޯމެއް ތަރައްގީ ކުރުމުގެ އިތުރުން، އާންމުންނަށް ބޭނުންކުރުމަށްޓަކައި ދެ ކެނޯ ވެސް ވަނީ އެ ސަރަހައްދުގައި ބާއްވާފައެވެ. މީގެ ސަބަބުން ފެންގަނޑުގެ ތެރޭގައި ދަތުރުކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

l7ލ ގަމުގެ ތާރީޚީ 'ޕަރީ ފެންގަނޑު' ބަލާލުމަށް ހެދި ޕްލެޓްފޯމް އާންމުންނަށް ހުޅުވާލުމުގެ ތެރެއިން----ފޮޓޯ:މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީ.އެފްބީ

ތާރީޚީ ގޮތުންނާއި ގުދުރަތީ ގޮތުން މުއްސަނދިކަމެއް ލިބިފައިވާ ބޮޑަ ފެންގަނޑަކީ ލ. ގަމުގެ ވަރަށް މުހިންމު ތަރިކައެކެވެ. މިފަދަ ވަސީލަތްތައް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ މިފަދަ ތާރީޚީ ތަންތަން ރައްކާތެރިކަމާއެކު އާންމުންނަށް ބަލައިލެވޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި