މަގުމަތިން ހިގައިފައި ދާއިރު ރީތި އަންހެން ކުއްޖަކު ފެނިއްޖެނަމަ ފިރިހެނުންގެ ނަޒަރު އެ އަންހެނެކާއި ދިމާލަށް ހުއްޓެއެވެ. ބައެއްފަހަރު ފަސްއެނބުރި ބަލައިހަދައެވެ. މިގޮތަށް އަންހެން ކުދިންނަށް ފިރިހެނުން ނަޒަރު ހިންގާއިރު އެކަނބަލުންގެ ހަށިގަނޑުގެ ހުރިހާ ތަނަކަށް ބަލައެވެ. ދިރާސަތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ފިރިހެނުން ބަލައި އުޅެނީ ލޫޅާފަތި ސަމައްތަރުހެޔޮ އަންހެނުންނަށެވެ.
މިއީ ފިރިހެނުންގެ ކިބައިގައިވާ ފިތުރަތުގެ ސިފައެކެވެ . ދިރާސާކުރާ ފަރާތްތަށް ބުނާ ގޮތުގައި ފިރިހެނުން ދުވާލެއްގެ މައްޗަށް ތަފާތު 10 އަންހެނުންނަށް ބެލުމަށް 45 މިނެޓް ހޭދަކުރެއެވެ.
ފޫހިކަމެއްނެތި ފިރިހެނުން ޖިންސުންލަތީފުންނަށް ބަލައި އުޅެނީ '' ދަ މޭލް ބުރެއިން'' ގައި ވާގޮތުން އަންހެން ކަނބަލުންނަށް ބެލުމަކީ ފިރިހެނުން ގައިގައި ފިތުރަތުގެ ގޮތުން ލައްވާފައިވާ ސިފައެކެވެ. އެއީ ފިރިހެނުން ގައިގައި ލައްވާފައިވާ ފިރިހެންވަންތަ ކަމުގެ ސަބަބެވެ. ހަޤީގަތުގައި ފިރިހެނުންނަށް މިކަން ކުރެވެނީ ބޭއިޙުތިޔާރުގައެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.