ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމުން މުއާޒް ހަލީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި މުއާޒް ހަލީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ކޮންގްރެސް ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން މުއާޒް ވިދާޅުވީ، އެ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލު ކުރެވޭ ޕާޓީއަކަށް ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން، ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ މި ނިންމުން ނިންމެވީ ކަމަށް ވެސް މުއާޒް ފާހަގަކުރެއްވިއެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގައި 74,048 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ.
ކޮންގްރެސް ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މުއާޒް ހަލީމް އިސްތިއުފާ ދެއްވައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.