ހުޅުމާލޭގެ ފިތުރޯނުމަގު މަރާމާތު ކުރުމުގެ އަމާލީ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. މިއީ ހުޅުމާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. އެޗްޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން ފިތުރޯނުމަގު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ. މި މަސައްކަތަކީ ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން، މަގުތަކުގެ ރައްކާތެރިކަމާއި ފެންވަރު ދެމެހެއްޓުމަށް އެ ކުންފުނިން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް މަރާމާތުކުރުމަށްޓަކައި އެޗްޑީސީން އިންރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ރޭވިފައެވެ. މި މަޝްރޫއުގެ ދަށުން ފޭސް 1 ގައި ބާކީ ހުރި ހުރިހާ މަގުތަކެއް މަރާމާތުކުރުމުގެ އިތުރުން، ފޭސް 2 ގައި ހިމެނޭ ވިނަރެސް ރެސިޑެންސްއާ އިންވެގެން އޮންނަ މަގު ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މި މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 1.1 ކިލޯމީޓަރެވެ. އެޗްޑީސީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، ފިތުރޯނު މަގުގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތާރު ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ. މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.
ހުޅުމާލެ ފިތުރޯނު މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އެޗްޑީސީ އިން ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.