ހުވަދު އަތޮޅަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މުޅި ހުވަދު އަތޮޅަށެވެ. އެގޮތުން މިއަދު 11:30 އިން 14:00 އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅާއި ގދ. އަތޮޅަށެވެ.
ހުވަދު އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގައި ވަނީ، ހުވަދު އަތޮޅަށް ބޯކޮށް ވާރެވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާ އިން ވަނީ ހުވަދު އަތޮޅު ހިމެނޭ ހެން ދެކުނުގެ އަތޮޅުތަކަށް މިއަދު ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރު ފަހު 14:00 އަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.