ޖެހިޖެހިގެން ފަސް މެޗުން އެންމެ ލަނޑެއްވެސް ނުޖެހި ޗެލްސީ މިހާރު ވަނީ ޕްރިމިއަރ ލީގުގެ ތާވަލުގެ 5 ވަނަ އަށް ވެއްޓިފައެވެ. އެއްމެފަހުން ޗެލްސީއަށް މި ކަހަލަ ގޮތަކަށް ކަން ދިމާވީ 1993 ވަނަ އަހަރުއެވެ.

ރޭގައި ބްރިޓަން އާއި ދެކޮޅަށް ކުޅުނު މެޗު މުޅިންހެން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ބްރެއިޓަން މޮޅުވީ 3-0 ގެ ނަތީއްޖާއަކުންނެވެ.

މިނަތީޖާގެ ސަބަބުން ޗެލްސީ ވަނީ ޕްރިމިއާ ލީގުގެ ހަތް ވަނައަށް ވެއްޓިފައެވެ. އަދި ފަސް ވަނައިގައި އޮތް ލިވަޕޫލަށް އާއި ޗެލްސީ އާއި ދޭތެރޭ ހަތް ޕޮއިންޓުގެ ފަރަގެއް 1 މެޗު އިތުރަށް ކުޅެގެން އެބައޮތެވެ.

ގަދަ ފަހެއްގައި ޗެލްސީ ނުހިމެނި ދެން އޮންނަ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ކޮލިފައިން އަށް ޗެލްސީން ކުރި އުންމީދުތައް މިހާރު ނިމިއްޖެކަން މިހާރުވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ.