1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

120000 ރުފިޔާގެ މުދާ ވަގަށް ނަގައި 2500 ރުފިޔާ އަށް ވިއްކާލައިފި

WhatsApp Image 2026-04-23 at 22.54.21
ވައްކަމުގެ ދެ މައްސަލާގައި މިލަންދޫއިން ހައްޔަރުކުރި ދެ މީހުން-- ފޮޓޯ: ޕޮލިސް
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

 

ށ. މިލަންދޫއިން ޓީވީތަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި ދެމީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މައްސަލާގައި ހައްޔަރުކުރީ އެ ރަށު ރެޑްރޯސް އަހުމަދު އަޒީމް، 34، އާއި ތަރިވިދާގެ މުހައްމަދު ޝިފާއު، 29، ކަމަށެވެ.

300 × 250

މިއީ މިދިޔަ ހޮނިހިރު ދުވަހު މިލަންދޫ ގެއެއްގެ ގަރާޖުން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ އިންގީނުގެ ސާމާނު ވަގައް ނެގި މައްސަލައެއް ކަމަށެވެ.

އެ ވައްކަން ކޮށްފައި ވަނީ އެ ދުވަހުގެ މެންދުރު ކަމަށާއި ވަގަށް ނެގީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި އޭގައި އަޅުވައިފައިވާ ބުރަފައްޗެއް ކަމަށް ފުލުހުން ބުންޏެވެ. ވެރިފަރާތާ ހަވާލާދީ، ފުލުހުން ބުނި ގޮތުގައި އެ ތަކެތީގެ އަގު 120،000ރ. އަށް ވުރެ ބޮޑުވާނެ އެވެ.

ވަގަށް ނެގި ތަކެތި އެ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު މިލަންދޫ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500ރ. އަށް ވިއްކާލާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ވެސް ބުންޏެވެ. އެ ބޯޓަށް ގޮސް ބޯޓު ބަލައި ފާސްކުރިއިރު، ބޯޓުގެ އިންޖީނުގެ ވަތުތެރެއިން، ވަގަށް ނެގި ތަކެތި ވަނީ ފެނިފަ އެވެ.

ހަމަ އެ ދެ މީހުން ޖެހިގެން އައި އާދިއްތަ ދުވަހު ގެއަކުން ޓީވީއަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި 60 އިންޗީގެ ސްކައިވޯތު ޓީވީއަކާއި 65 އިންޗީގެ ޓީސީއެލް ޓީވީއަކާއި 240 އެމެރިކާ ޑޮލަރުގެ އަގު ހުރި ގުޗީ ފުލޯރާ ސެންޓު ފުޅިއެއްގެ އިތުރުން 6000ރ ގެ އަގުހުރި އިތުރު ސެންޓުފުޅިތައް ހިމެނެ އެވެ.

މިހާރު އެމީހުން ވަގަށް ނެގި ހުރިހާ ތަކެއްޗެއް މިހާރު ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފަ އެވެ. އެ ދެ މީހުން އަންގާރަ ދުވަހު ހައްޔަރުކޮށް 10 ދުވަހަށް ވަނީ ބަންދު ކޮށްފަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި