ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން އެލްޖީއޭގެ ފަރާތުން ވަނީ މިނިސްޓަރު ޒަމީރަށް މަރުޙަބާ ދަންނަވާފައެވެ. އެލްޖީއޭގެ ރައީސްގެ މަޤާމަށް މިނިސްޓަރު ޒަމީރު އައްޔަންކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަޒީރުންގެ މަޖިލީހުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މި ވަޒީރެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓް މަޤާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ، ބައެއް އިދާރާތައް އުވައިލައްވައި އަދި ބައެއް އިދާރާތައް އެއްކުރައްވާފައެވެ. މީގެ އިތުރުން ބައެއް ވުޒާރާތަކުގެ މެންޑޭޓަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. މި ބަދަލުތަކާއެކު މިހާރު ކެބިނެޓްގައި ހިމެނެނީ ޖުމްލަ 15 ވަޒީރުންނެވެ.
އެލްޖީއޭގެ ރައީސްގެ މަޤާމަށް ވަޒީރު މޫސާ ޒަމީރު

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.