މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އިއްޔެވެސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ. މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖުމްލަ 6,090,118 (ހަ މިލިއަން ނުވަދިހަ ހާސް އެއް ސަތޭކަ އަށާރަ) ރުފިޔާ ވަނީ މަސްވެރިންނަށް ޖަމާކޮށްދީފައެވެ. މި ފައިސާގެ ތަފްސީލަށް ބަލާއިރު، އެޕްރީލް 23 ވަނަ ދުވަހު ކަޅުބިލަމަސް ކިރުވި 70 ދޯންޏަކަށް 5,870,588 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 9 ދޯންޏަކަށް 21,080 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 19 ދޯންޏަކަށް 198,450 ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އަވަސްކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ. މި ސަރުކާރުން މަސްވެރިންނަށް ގަވާއިދުން މިގޮތަށް ފައިސާ ދޭން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.
މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުން؛ އިއްޔެވެސް 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.