1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޕާޓީ ބަދަލު ކުރުމުން އެ މީހެއްގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހު

The-gate-of-the-Supreme-Court-at-Male-in-the-Maldives
ސުޕްރީމް ކޯޓް
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮޑި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެނަމަ ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ހުކުމް އަންނަ ބުދަ ދުވަހު އިއްވަން ހަމަޖައްސައިފި އެވެ.

ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންއެވެ. ސްޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:15 އަށެވެ.

ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން  މިދިޔަ އަހަރު ފެބުރުއަރީ 17 ގައި ބޭއްވިއިރު، ދެވަނަ އަޑުއެހުން ބާއްވާފައިވަނީ މިއަހަރު އޭޕްރީލް މަހުގެ ނުވަވަނަ ދުވަހެވެ. ފުރަތަމަ އަޑުއެހުމާއި ދެވަނަ އަޑުއެހުމާ ދެމެދު ސުޕްރީމް ކޯޓުގެ ބެންޗަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.

300 × 250

މި މައްސަލަ ނިމެންދެން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން އަލީ ހުސައިންގެ ފަރާތުން އެދުނަސް ސުޕްރީމް ކޯޓުން ނިންމާފައި އޮތީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

އިންތިޚާބުވި ޕާޓީ ބަދަލު ކުރުމުން އެ މީހެއްގެ ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރީ އެޕްރީލް 1, 2024 ގައި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައެވެ. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސްކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ ޖޫން 6، 2024 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި