1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

WhatsApp Image 2026-04-28 at 09.16.16
ފުލުހުންގެ މެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

 

މަސްތުވާތަކެއްޗާ ގުޅުންހުރި ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 185 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އިއްޔެ ނައްތާލައިފިއެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ކ. ދޫނިދޫގައި، ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ހާޒިރުގައެވެ.

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނައްތާލި ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ހުރި 4,690 ރަބަރު ޕެކެޓާއި، 2,768 ސެލޯފިންކޮޅުގެ އިތުރުން ފިލްމު ހުސްކުރި 335 ދަޅު ހިމެނެއެވެ. މީގެއިތުރުން 462 ބުލެޓާއި، އަށް ބިޑި އަދި 3,437 މަނާ ބޭސްގުޅަ އާއި އެހެނިހެން ތަކެތީގެ ގޮތުގައި 1,809 އައިޓަމެއް ނައްތާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

300 × 250

މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަސްތުވާތަކެއްޗާއި، އެފަދަ މައްސަލަތަކާ ގުޅިގެން ހިފެހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. މިކަން ކުރިއަށްދިޔައީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކުގެ ދަށުން، މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލުމަށް މިހާރު ވަނީ ނިންމާފައެވެ. މިއީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި