ރައްޔިތުންގެ މަޖިލިސްގެ މިއަދު ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ދިނީ މަސް ކިރުވާފައި ހުސް ގަޑުކޮޅެއް ކަމަށް ބުނެ ކުރީ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މަސްވެރިކަމާއި ބެހޭ ގާނުނަށް އިސްލާހު ހުށަހެޅި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަށް ޝުކުރު އަދާކޮށް ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު އަަސަދުﷲ ގެރަށް ކަމުގައިވާ ގެމަނަފުށީ ބަހުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން މަސްވެރިން ހާލުގައި ޖެއްސި ކަމަށާއި، މަސްވެރިކަން ކުރި އަރުވަން ކުރި ކަމެއް ނޯނާނެ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން މަސްވެރިނަނަށް ހަމަ އެކަނި ކުރި ކަމަކީ ހުސް ބިލަކަށް މަސްކިރުވާފައި ފައިސާ ނުދީ ކިރިޔާ ވާވަރަށް ތެޔޮ ދިންކަމެވެ. އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ނިންމާލީ މަސްވެރިނަށް ހަމަ އަގަކީ ކޮބައިކަން ބުނެ ނުދެވިކަމެވެ. އިތުރަށް ވާހަކަ ދައްކަމުން ވިދާޅުވީ ދިވެހި ރާއްޖޭގެ ބާޒާރުގައި ތެޔޮ ލީޓަރ 31 ރުފިޔާއަށް ހުރި އިރު މަސްވެރިން މަހަށް ފުރަނީ ސަބްސިޑީޒް ރޭޓްގައި ތެޔޮ އަޅައިގެން ކަމަށެވެ. މިއަދު މަސްވެރިން މަހަށް ފުރަނީ 17 ރުފިޔާގެ ރޭޓުގައި ތެޔޮގަނެގެން ކަމަށެވެ.
މި ވާހަކަ ދައްކާއިރު ގެމަނަފުށީ މާކެޔޮޅު އަލިމަނިކު ކޫއްޑޫ އިން ސަބްސިޑީޒް ރޭޓުގައި، 17 ރުފިޔާއަށް ތެޔޮ އަޅައިގެން މަހަށް ދިޔުމަށް ތައްޔާރުވެގެން އެބައޮތް - ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް
މިއަދު ހުވަދު އަތޮޅު ގިނަ މަސްވެރިން ގަބޫލުކުރޭ ދުނިޔޭގައި މިވަގުތު މި ހިނގާ ކަންކަމާއި ގުޅިގެން ތެޔޮ ލިބުމުގައި ދަތިތަކެއް ހުންނާނެ ކަން، ނަމަވެސް މިއަދު މި މަޖިލިސްގައި އެމްޑީޕީ މެމްބަރުން ތެޔޮ ނުލިބެޔޭ ކިޔާފައި ކިތައްމެ ވާހަކައެއް ދެއްކިޔަސް މި ވަގުތުވެސް ގެމަނަފުށީގެ ދޯނިތަކުން ދަނީ ކޫއްޑޫ އިން ތެޔޮއަޅަމުން ކަމަށް އަސަދުﷲ ގެ ވާހަކާގައި ވަނީ ވިދާޅުވެފައެވެ. "މި މަޖިސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެންބަރުން އެބަ ވިދާޅުވޭ ތިމަނާމެންގެ ސަރުކާރުން މަސް ކިލޯއެއް 25 ރުފިޔާ މަސްވެރިންނަށް ދިނީމޯ، ނަމަވެސް ސަރުކާރު ނިމިގެން ދިޔަ އިރުވެސް އޭގެން އެއްވެސް ލާރިޔެއް އެ ސަރުކާރުން މަސްވެރިންނަށް ދެވިފައެއް ނެތް" އަސަދުﷲ ވިދާޅުވިއެވެ. ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ވެރިކަމުގައި ހުވަދު އަތޮޅުގެ ހިނގަ ހިނގާ ތިބި އައިސް ޕްލާންޓްތައް ހަލާކު ކޮށް، އަދި ދެއްވަދޫގައި ހުރި އައިސް ޕްލާޓްވެސް ވަނީ ހަލާކު ކޮއްފައި ކަމަށެވެ. އެކަމަކު މިއަދު މި ސަރުކާރު ވެރިކަމާ ހަވާލުވެގެން ދެއްވަދޫގައި އައިސް ޕްލާންޓް ބަހައްޓާ، ކޮންމެ ދުވަހަކުވެސް އައިސް ދަނީ ފޯރުކޮށްދެމުން ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައީ ސިޔާސަތުތަށް ހިފައިގެން ކަމަށާއި މި ސަރުކާރުން ދެއްކީ ލޯންގް ޓާރމް އިންވެސްޓްމެންޓެވެ. މި ސަރުކާރުން އެދަނީ ބާރު ސްޕީޑުގައި ކޫއްޑޫ ތަރައްޤީ ކުރަމުން ކަމަށާއި، ކޫއްޑޫގެ މަސް ސްޓޯރޭޖް ބޮޑުކުރަމުން ދާކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. އޭގެ އިތުރުން ކޫއްޑޫ އާއި އެއްވަރެއްގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ފިޔޯރީވެސް ތަރައްޤީ ކުރާނެއެވެ. މަސްވެރިންނަށް މި ސަރުކާރުން ދަފްތަރެއް ހަދާ އެ މަސްވެރިންނަށް ބެންކް އޮފް މޯލްޑިވެސްގެ ހުރިހާ ފެސިލިޓީ އެއް ލިބޭނެ ގޮތް ހެއްދެވީ މިސަރުކާރުން ކަމަށް އަސަދުﷲ ވަނީ މަޖިލިހުގައި ވިދާޅުވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.