1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީއެންސީ އަށް ގޮނޑި ކާމިޔާބު ކޮށްދެއްވުމަށް ސިނާނު ފަހަތަށް ޖެހިވަޑައިގެން ޓިކެޓު ދޫކޮށްލައްވައިފި

Screenshot-2025-06-25-at-14.24.30
ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން
ހުވަދޫ މީޑިޔާ
ފޮންޓް ސައިޒް
އާދައިގެ

ކޮންގްރެސް ޕާޓީއަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދެއްވުމަށް ކަމަށް ވިދާޅުވެ އެ ގޮނޑިއަށް ވާދަނުކުރައްވަން އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ނިންމަވައިފިއެވެ.

ކޮންގްރެސްގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ޕާޓީގެ ޓިކެޓްވެސް ސިނާން ވަނީ ކާމިޔާބުކުރައްވާފަ އެވެ.

މީސް މީޑިޔާ ގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު އޮމާންކަންމަތީ ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބަށް ޕާޓީގެ ރައީސާއި ލީޑަރޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރުދަންނަވާކަމަށާއި، ނަމަވެސް މިދިޔަ ތިން ދުވަހު ދާއިރާގެ ރައްޔިތުންނާއެކު ގާތުން ކުރެވުނު މަޝްވަރާތަކާއެކު މިފަހަރު މިގޮނޑި ޕާޓީއަށް ކާމިޔާބުވާން އެންމެ ފަސޭހަވާނީ ވާނީ އޭނާ ފަހަތަށްޖެހި އެހެން އައު ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމީ ކަމަށެވެ.

300 × 250

ސިނާން ވަނީ މިގޮތައް ނިންމި ނަމަވެސް މިގޮނޑި ކާމިޔާބު ކުރުމަށްޓަކައި ޕާޓީން ނުކުންނަ ކެނޑިޑޭޓެއް އިންތިޚާބު ކޮށްދިނުމަށް އޭނާގެ ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ދައުރު އެންމެ ފުޅާކޮށް އޮންނާނެ ކަމުގެ ޔަޤީންކަންވެ ދާއިރާގެ މެމްބަރުންނަށް އަރުވާފަ އެވެ. މި ނިންމުން މިހާރު ވާނީ ޕާޓީގެ ރައީސާއި ލީޑަރޝިޕަށް އަންގަވާފައި ކަމަށާއި އެ ނިންމުން ޕާޓީގެ ރައީސާއި ލީޑަރޝިޕުން ބަލައިގެންފައިވާ ކަމަށްވެސް ސިނާން ވަނީ ވިދާޅުވެފައެވެ.

ދާއިރާގެ ބައި އިލެކްޝަނުގައި ސިނާނު ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ. ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ސިނާނަށް ލިބިވަޑައިގެންނެވީ 226 ވޯޓެވެ. ކައުންސިލަރު އަހްމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު އެވެ. ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގަ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި