1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޤައުމީ ޔުނިވަރސިޓީ އިލްމީގޮތުން އައު އުސްމިންތަކަށް ދަތުރުކުރަނީ ވަރަށް މުރާލިކަމާއެކު: ވަޒީރު ޑރ. ޝަހީމް

l_2024_09_15_115624_hnzguw84sp6xeam5obid12qtlck3y97rfjv_EN_
އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިލްމީގޮތުން އައު އުސްމިންތަކަށް ދަތުރުކުރަމުންދަނީ ވަރަށް މުރާލިކަމާއެކުކަމަށް އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ޢިލްމުގެ އަސްލު ބޭނުމަކީ ކަންކަމާއި މެދުގައި ފިކުުރު ހިންގުން ކަމަށެވެ. އަދި ކަންކަމާމެދު ވިސްނުމާއި ފިކުރު ހިންގަން ޖެހެނީ އެކަމެއްގެ އަދުލާއި އިންސާފަށް ރަނގަޅު ގޮތުގައި ވާސިލުމަށްކަން ފާހަގަކުރައްވައި، ކީރިތި ޤުރުއާނުގެ ގިނަ އާޔަތްތަކުގައި ވިސްނައި ފިކުރު ހިންގުމަށް އިލްތިމާސް ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ވިސްނައި ފިކުރު ކުރުމަކީ އެއްޖީލުން އަނެއްޖީލަށް އިލްމީ ކުރިއެރުންތައް ފޯރުކޮށްދޭ ކަމެއް ކަމަށެވެ.

300 × 250

އިންސާނާގެ ބުއްދި ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤްސަދުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައި، ބުއްދިއަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރުމަށް އަމުރުކުރެވިފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން އިލްމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ވިސްނައި ފިކުރު ކުރިއެރުވުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ދަސްވެނިވި ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ވަޒީރު ވިދާޅުވީ، ދަސްވެނިވުމަށްފަހު އެންމެ ބޭނުންވާ ވަޒީފާ ފުރަތަމަ ނުލިބިދާނެ ކަމަށާއި، ނަމަވެސް ތިރިން ފެށިގެން މައްޗަށް ދަތުރުކުރުމަކީ ގިނަ ތަޖުރިބާތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ކުއްލިއަކަށް އެންމެ މަތީ ވަޒީފާއަށް ދިއުމަކީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދަރިވަރުންނާއި ޔުނިވަރސިޓީއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. "ތިޔަ ދަރިވަރުން ދަސްވެނިވެގެންދާއިރު މި އިލްމީ ކިއްލާއާއި ގާތް ގުޅުމެއް ބާއްވަން ވާނެ. އެއީ ވަރަށް މުހިންމުކަމެއް. މާދަމާ ތިއިން ކުއްޖަކު ވެދާނެ ރައީސަށް، ނުވަތަ ބޮޑު ވަޒީރަކަށް، ނޫނީ ވަޒީރަަކަށް. ތިކުދިންނަކީ އަބަދުވެސް އުންމީދާއެކީ މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ އިލްމު ލިބިފައިވާ މީހުންނަކީ އޯގާތެރި ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުގައި ސާބިތުވެ ހިތްވަރާއެކު މަސައްކަތް ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި