1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ. މުއިއްޒުގެ އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

459345_c5bebf30-f_
އާ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ރައީސް މުއިއްޒު ބާއްވަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

  ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އާ ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އަލަށް އެކުލަވާލި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުމުން އެ ރިޕޯޓަށް ބަހުސް ކުރުމުގެ ފުރުސަތު ބޭނުންކުރެއްވީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަންޏެވެ.

އަލަށް އައްޔަންކުރެއްވި 14 މިނިސްޓަރުންނަށް ރުހުން ދޭން ކޮމިޓީ މަރުހަލާގައި ފާސްކުރީ އެކަމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

300 × 250

14 މިނިސްޓަރުންނަށް ރުހުންދޭން ވަކިވަކިން ނެގި ވޯޓުގައި ހުރިހާ މިނިސްޓަރުންނަށް ވެސް އަޣުލަބިއްޔަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައެއް މިނިސްޓަރުންނަށް ރުހުންދިނުމާ އެއްކޮޅަށް ވޯޓުދެއްވި އިރު ބައެއް ވަޒީރުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ވެސް ވޯޓުދެއްވި އެވެ.


ކެބިނެޓުގައި ކުރިން ތިއްބަވަނީ 20 މިނިސްޓަރުންނެވެ. އެެހެން ނަމަވެސް މިހާރު 14 މިނިސްޓަރުންނާއި އެޓާނީ ޖެނެރަލާ އެކު ކެބިނެޓްގައި މިހާރު ތިއްބެވީ 15 ބޭފުޅުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި