ލ. އިސްދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މިއަދު އާންމުކުރި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައިވާ ގޮތުން، މިހާރު ވަނީ މުޅި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލެވިފައެވެ. މި މަޝްރޫއަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 19.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ މިސްކިތަކީ އެއްފަހަރާ 500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި، މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ ގޮތަށް ހާއްސަ އިންތިޒާމުތަކަކާއެކު ބިނާކުރާ ތަނެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ނިމުމުން، އިސްދޫގެ ރައްޔިތުންނަށް ނަމާދުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މިއީ ރަށްރަށުގެ ދީނީ ބިނާތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ.
ލ އިސްދޫގައި އިމާރާތްކުރާ މިސްކިތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.