މާލޭގެ ސްކޫލެއް ކަމަށްވާ ތާޖުއްދީން ސްކޫލް ފަޅާލާފައި ޓެބްލެޓްތަކެއް ވަގަށް ނަގައިފިއެވެ.
ސްކޫލް ފަޅާލާ ވައްކަން ކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މައުލޫމާތުލިބުނު ގޮތުގައި ސްކޫލްގެ ސްޓާފްރޫމުގައި ބަހައްޓާފައިހުރި ޓީޗަރުންގެ ޓެބްލެޓްތަކެއް ވަނީ ވަގަށް ނަގާފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މިއަދު ހެދުނު 10:48 އެހާކަންހާއިރު ތާޖުއްދީން ސްކޫލުން ވައްކަން ކުރިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި ކަމާ ގުޅިގެން ތާޖުއްދީން ސްކޫލްގެ ބަހެއް ވެސް ލިބިފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.