1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުޢިއްޒުގެ ދެކަނބަލުންނަށް ލަންކާއިން ހޫނު މަރުހަބާއެއް!

6t
ރައީސްގެ ދެކަނބަލުންނަށް ލަންކާއިން މަރުހަބާ ދެންނެވުން،--- ރައީސްއޮފީހުގެ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް ލައިޓްރޫމް އިން ސާފުކުރުވާފައިވާ ފޮޓޯއެއް
ފޮންޓް ސައިޒް
އާދައިގެ

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ވަޑައިގަތުމުން އެޤައުމުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި މިއީ މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މަޝްވަރާ ކުރައްވާ ކަންކަމުގެ ތެރޭގައި، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތް ކުރެވޭނެ އައު މަގުތައް ހޯދުން ހިމެނެއެވެ.

300 × 250

ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ޤައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެއެވެ.

ރައީސްގެ މި ދަތުރުފުޅު ތެރެއިން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅަކީ، 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ، 1965 ޖުލައި 26 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި