ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމާއި ގުރުއަތުނެގުން އޮންނާނީ އެ ދުވަހު ހެނދުނު 10 ޖަހާއިރު އިންތިޚާބާ ބެހޭ މަރުކަޒު، ޓްރެއިނިންގ ހޯލުގައެވެ.
ބައި އިލެކްޝަންގައި ވާދަކުރަނީ ދެ ކެންޑިޑޭޓުންނެވެ. ސަރުކާރުގެ ކޮންގްރެސް ޕާޓީން, ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އާއި އެމްޑީޕީން, އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގް (ސޯބެ)އެވެ.
ކޮންގްރެސް ޕާޓީން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރި ކުރީގެ އެ ދާއިރާގެ މެމްބަރު ސިނާނު ވަނީ ޓިކެޓް ދޫކޮށް އަހުމަދު ސައީދު އަށް ތާއީދު ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.