ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ކުރީގެ ރައީސުން އެ ގައުމަށް ކުރެއްވި ދަތުރުފުޅުތަކާ ޚިލާފަށް، އަމަލީ ގޮތުން ގިނަ ކަންތައްތަކެއް ހާސިލުކުރުމަށް އަމާޒު ހިފާފައިވާ ތަފާތު ދަތުރުފުޅެއް ކަމަށް ރައީސްގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޒުވާނުންނާއި ކުޅިވަރު، އައިކައިވިން، އަސްކަރީ ދާއިރާ، ސަގާފަތާއި ތަރިކަ، މަތީ ތައުލީމު އަދި މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމާ ގުޅޭ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، ލަންކާގެ ރައީސާއެކު ބާއްވާ މަޝްވަރާތަކުގައި ބޭންކިން ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ވިސާގެ ދަތިތަކަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާނެކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ލަންކާއަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ބައިނަލްއަގުވާމީ މަސްރަހުން އެންމެ ފުރަތަމަ ލިބުނު ބައިވެރިޔަކީ ލަންކާ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމަކީ މި ގުޅުމުގެ މައިގަނޑު އަސާސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒުގެ މިފަހަރު ލަންކާއަށް ކުރެއްވި ދަތުރުފުޅަކީ އަމަލީ ނަތީޖާއަށް އަމާޒުކުރި ތަފާތު ދަތުރުފުޅެއް: މުންދު

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.