1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސައުތު އިންޑިއަން ފިލްމީ ތަރި ވިޖޭގެ ޕާޓީން ޓެމިލް ނާޑޫގެ އިންތިހާބު ކާމިޔާބުކޮށްފި

Vijay_fd43d7-Picsart-AiImageEnhancer
ޗަންދްރަސެކަރަން ޖޯސެފް ވިޖޭ
ފޮންޓް ސައިޒް
އާދައިގެ

ސައުތު އިންޑިއާގެ ފިލްމު ތަކުން ދުނިޔޭގެ ސަމާލުކަން ހޯދާއިފައިވާ ފިލްމީ ތަރި ޗަންދްރަސެކަރަން ޖޯސެފް ވިޖޭގެ ޕާޓީ ތަމިލާގާ ވެޓްރީ ކަޒާގަމް (ޓީވީކޭ) މިއަދު އިންޑިޔާގެ ޓެމިލް ނާޑޫ މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

ޖޯސެފް ވިޖޭގެ ޕާޓީ ތަމިލާގާ ވެޓްރީ ކަޒާގަމް (ޓީވީކޭ) އިން ވަނީ 234 މެމްބަރުންގެ މަޖިލީހުގައި 100 އަށް ވުރެ ގިނަ ގޮނޑި ހޯދުމާއި ކައިރިކޮށްފައެވެ.

ޗީފް މިނިސްޓަރުގެ މަގާމު ކާމިޔާބު ކުރަމުން އަންނަ ވިޖޭގެ ޓީވީކޭ މިއަދު ވަނީ ޑީއެމްކޭގެ އާރްޑީ ޝެކާރު ގާތްގަނޑަކަށް 50،000 ވޯޓުން އަދި ޓިރޫޗިރަޕަލީ (އީސްޓް) ޑީއެމްކޭގެ އެސްއައިރޫދަޔަރާޖް ގާތްގަނޑަކަށް 23،000 ވޯޓުން ބަލިކޮށްފައެވެ. މިވަގުތު ވޯޓުތައް ގުނަން ނިމުމާ ގާތްވެފައިވާއިރު، ޓީވީކޭއަށް ސުޕަ މެޖޯރިޓީ ލިބޭނެ ކަމަށް ލަފާކުރެވެއެވެ. ވުމާއެކު މިހާރު އެ ޕާޓީން ވަނީ ސަރުކާރު އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

300 × 250

ވިޖޭގެ ޕާޓީ 118 ގޮނޑީގެ މެޖޯރިޓީ އަށްވުރެ އިތުރަށް ގޮންޑި ބޭނުން ނަމަ އެހެން ޕާޓީތަކުގެ ތާއީދު ބޭނުންވާނެއެވެ.

ޓެމިލް ނާޑޫ އަކީ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ތިއޭޓަރުތަކަށް ތަބާވެފައިވާ ތަނަކަށް ވާއިރު، ގިނަ ފަހަރަށް ސިނަމާ އާއި ފިލްމުތަކާއި ޑްރާމާތަކަށް މި ބާރު ލިބިގެންވެއެވެ. ރާމާޗަންދްރަން އިން ފެށިގެން އޭނާގެ ފަހަތުން ވެރިކަމަށް ވަޑައިގެންނެވި ޖޭ ޖަޔަލަލީތާއާ ހަމައަށް ފިލްމީ ތަރިން ވަނީ ސިޔާސީ ދާއިރާއަށް ވަދެ ދައުލަތުގެ އިސްވެރިއަކަށް ވެފައެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި