1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ އާއި އާސެނަލް

MVDBOKIROZHSJJVK356SW7FT2E
ފޮންޓް ސައިޒް
އާދައިގެ

 

ރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި 1-1 އިން އެއްވަރު ވިޔަސް އެގްރިގޭޓް އިން ބެޔާން މިޔުނިކް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބެޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 1-1 ން އެއްވަރުކޮށް މެޗު 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ ވަނީ ކުރި ހޯދާފައެވެ.

300 × 250

ރޭގެ މެޗުގެ ކުރީކޮޅު އޮސްމާނޭ ޑެމްބެލޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފަ އެވެ. ޕީއެސްޖީއަށް ރޭގެ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ހެރީ ކޭން އެވެ.

ބެޔާން ކެޓުމުން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ބެޔާން ކެޓުމާއެކު މިފަހަރުގެ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ނުކުންނާނީ ޕީއެސްޖީ އެވެ. ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ހުރީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާ ދެކޮޅަށް ކުޅެންޖެހޭ ފައިނަލާ މެދު ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.

"ފައިނަލް މެޗު ތަފާތުވާނެ. އާސެނަލް މުޅި ސީޒަނުގައި ވެސް ކުޅެމުން އައީ ވަރަށް މަތީ ފެންވަރެއްގައި. އަހަރެމެން ބޭނުންވަނީ ޕެރިހުގައި އާ ތާރީހެއް ލިޔަން. އެކަން ކުރަން އަހަރެމެން ޖެހޭނީ ވިދިވދިގެން ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން،" އެންރީކޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުގަ އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި