ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް މަގާމުތަކެއްގައި ތިއްބެވި ދެ ޑިރެކްޓަރ ޖެނެރަލުން މަގާމުން ސަސްޕެންޑްކޮށްފިއެވެ. އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިގޮތަށް ސަސްޕެންޑްކޮށްފައިވަނީ އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިންއާއި އަހުމަދު އަލީއެވެ. މި ދެ ބޭފުޅުން ވެސް ސަސްޕެންޑްކޮށްފައިވަނީ އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން، ވަކި މުއްދަތެއް ނެތް ގޮތަށެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކުރި ސަބަބާ ގުޅޭގޮތުން ޑީޖޭއޭއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ބަލަމުންދަނީ ކޮން ބާވަތެއްގެ މައްސަލައެއް ނުވަތަ ކުރަނީ ކޮން ތުހުމަތުތަކެއް ކަންވެސް ސާފުވާ ގޮތް ވަނީ ނުވެފައެވެ. މަގާމުން ސަސްޕެންޑްކުރި އަހުމަދު އަލީއަކީ ކުރީގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޒަކަރިއްޔާ ހުސެއިންއަކީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި މިވަނީ، ޑީޖޭއޭ ހިންގެވުމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ. އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއް ވެސް އޭރު ހާމަކުރައްވާފައެއް ނުވެއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ 2 ޑިރެކްޓަރ ޖެނެރަލުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.