ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތިން ގަޑިއިރު ހޭދަކުރައްވައި، 60 އާއިލާއަކާ ވަކީން ބައްދަލުކުރައްވާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާން ވިދާޅުވީ، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމަށް އިސްކަންދެއްވާކަން އަމަލުން ދައްކަވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "ދުވަހަކު ވެސް އަޅުގަނޑު ނުދެކެން އެހެން ކަންްކުރެއްވި ވެރިއެއް،" ރައީސް ރައްޔިތުންނާ ބާއްވާ ގާތްގުޅުމަށް އިޝާރާތް ކުރައްވައި މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ. ތަރުޖަމާން އިތުރަށް ވިދާޅުވީ ލަންކާގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އޮޅުންފިލުއްވުމަށް ރައީސް ގިނަ ވަގުތުތަކެއް ހޭދަކުރެއްވި ކަމަށެވެ. މި ބައްދަލުވުމާ ގުޅޭގޮތުން ފެތުރެމުންދާ ބައެއް ނުބައި މައުލޫމާތުތަކަށް ރައްދު ދެއްވަމުން ތަރުޖަމާން ވިދާޅުވީ، ބައްދަލުވުމުގައި ބައިވެރިނުވުމަށް ދިވެހިންގެ ބަޔަކަށް އިންޒާރުދީ، ބިރުދެއްކުމަށް ލަންކާ ފުލުހުން ފޮނުވި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރައްޔިތަކާ ބައްދަލުކުރަން ރައީސް ދެކޮޅު ހައްދަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިގެން ރަސްމީ ހައިސިއްޔަތަަކުން އެއްވެސް ބޭފުޅަކު ވަޑައިގަންނަވަން ހުރަސް އަޅުއްވަން އެއްވެސް މަސައްކަތެއް ނުކުރޭ," ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވަމުން ތަރުޖަމާން ވިދާޅުވިއެވެ. އަދި މިހާތަނަށް ބޭއްވި ހުރިހާ ބައްދަލުވުންތަކެއްގައި ވެސް ރައްޔިތުން ބޭނުންވާ ކޮންމެ ޚިޔާލެއް ފާޅުކުރުމުގެ ފުރުސަތު ރައީސް ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް، ލަންކާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުން؛ 30 ގަޑިއިރު، 60 އާއިލާއަކާ ވަކީން ބައްދަލުކުރެއްވި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.