1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފީފާ ވޯލްޑް ކަޕް 2026

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޝަކީރާގެ އާ ލަވައެއް "ދައި ދައި" ޓްރެއިލާރ ރިލީސްކޮށްފި

AA22iu2u
ފޮންޓް ސައިޒް
އާދައިގެ

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، ފީފާ ވޯލްޑް ކަޕް 2026 އަށް ޚާއްސަކޮށްގެން ކޮލޮމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ތައްޔާރުކުރި އައު ލަވަ "ދައި ދައި" (Dai Dai) ގެ ޓީޒާއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.

ނައިޖީރިއާގެ މަޝްހޫރު ފަންނާނު ބާނާ ބޯއީއާ ގުޅިގެން އުފައްދާފައިވާ މި ލަވަ ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އިނގިރޭސި ބަހާއި ސްޕެނިޝް ބަހުން ކިޔާފައިވާ މި ލަވައަކީ ކުރިއަށް އޮތް ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކުރުމަށް ތައްޔާރުކޮށްފައިވާ އުންމީދީ އުފެއްދުމެކެވެ.

X ގައި ބައްލަވާ

ފީފާއިން އެންމެ ފަހުން ބޭއްވި މުބާރާތްތަކަށް ނެރުނު ބައެއް ލަވަތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައި ނުވި ނަމަވެސް، ޝަކީރާގެ މި އައު ލަވައަށް ބޮޑު މަގުބޫލުކަމެއް ލިބޭނެ ކަމަށް މިއުޒިކީ ދާއިރާގެ މާހިރުން ލަފާކުރެއެވެ. މީގެ ކުރިން ޝަކީރާ ކިޔާފައިވާ 2010 ވަނަ އަހަރުގެ "ވައްކާ، ވައްކާ" އަދި 2014 ވަނަ އަހަރުގެ "ލާ ލާ ލާ" އަކީ މުޅި ދުނިޔޭގައި ބޮޑު މަގުބޫލުކަމެއް ހޯދައި، ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު ލަވަތަކެވެ.

މިހާރު އުމުރުން 49 އަހަރުގެ ޝަކީރާއަކީ މިހާތަނަށް ހަތަރު ގްރެމީ އެވޯޑާއި 15 ލެޓިން ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ، ދުނިޔޭގެ ފެންވަރުގައި ނުފޫޒުގަދަ ފަންނާނެކެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ލަވަތައް ހުށަހަޅައިދީފައިވާ އެއް ފަންނާނުގެ ގޮތުގައި ފާހަގަކުރެވޭ ޝަކީރާގެ މި އައު ލަވައާއެކު، އަނެއްކާވެސް ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި އައުވެގެންދާނެ ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި