ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގެ އާބާދީ މައިޒާން (މިޔުޒިޔަމް ޕާކު) ގައި ބާއްވާ ޚާއްޞަ ކުޅިވަރު ފެސްޓިވަލް ބޮޑު ތަރުޙީބަކާއެކު މިއަދުވެސް ކުރިއަށް އެބަދެއެވެ. 2026 މެއި 8 އިން 9 އަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެސްޓިވަލަކީ ވީޓް ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ފެސްޓިވަލުގެ އިއްޔެގެ ހަރަކާތްތައް މުޅިންވެސް އަމާޒުކުރެވިފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑުގެ ވަގުތު ޚާއްޞަކުރެވުނީ މަންމައިންގެ ދުވަސް ފާހަގަކުރުމަށެވެ. މި ހަރަކާތުގައި ސިޓީގެ ގިނަ އަދަދެއްގެ މަންމައިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މިއަދު ނުވަތަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތު ޚާއްޞަކުރެވިފައިވަނީ ނަރުހުންނަށް ޚާއްޞަ އާއިލީ ހަވީރަކަށެވެ. މި ފެސްޓިވަލުގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
ތިނަދޫ ސިޓީ ކުޑަކުދިންގެ ފެސްޓިވަލް, ބޮޑު ތަރުޙީބަކާއެކު މިއަދުވެސް ކުރިއަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.