1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ދެ ތަށި ކާމިޔާބުކުރުމުގެ އުއްމީދުގައި އާސެނަލްއިން ތާރީޚީ ޕެރޭޑަކަށް ތައްޔާރުވަނީ

491920751
އެފްއޭކަޕް ކާމިޔާބު ކޮށް އާސެލަން އިން ބޭއްވި ޕެރޭޑް
ފޮންޓް ސައިޒް
އާދައިގެ

އިނގިރޭސި ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތާރީޚީ "ޑަބަލް" އެއް ހޯދުމުގެ އުއްމީދުގައި އާސެނަލް ފުޓްބޯޅަ ކްލަބުން ބާއްވާ ކާމިޔާބީގެ ޕެރޭޑްގެ ތައްޔާރީތައް ފަށައިފިއެވެ. ރިޕޯޓްތައް ބުނާގޮތުން މި ތާރީޚީ ޕެރޭޑް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 31 މޭ 2026 ވާ އާދިއްތަ ދުވަހު އެމިރޭޓްސް ސްޓޭޑިއަމުގެ މަގުތަކުގައެވެ.

އާސެނަލްއިން މިފަދަ ބޮޑު ރޭވުމެއް ރާވަމުން މިދަނީ، ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެ ޓީމު ޖާގަ ހޯދުމާ ގުޅިގެންނެވެ. އާސެނަލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މޭ މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ޕުސްކަސް އެރީނާ ސްޓޭޑިޔަމް ކުޅޭ ފައިނަލް މެޗުގައި އާސެނަލް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) އާއެވެ. މި މެޗު ކުޅޭނީ އެދުވަހު ރާއްޖެ ގަޑިން ރޭގަނޑު 9 ޖަހާއިރުގައެވެ.

މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އާސެނަލް މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެވެސް ކުރީގައެވެ. އެހެންކަމުން، މި ދެ މުބާރާތުގެ ތަށި އުފުލާލުމުގެ ފުރުސަތު އެ ޓީމަށް ބޮޑެވެ.

300 × 250

ޕެރޭޑް ކުރިއަށްދާނެ މަގުތައް:

ހާމަވެފައިވާ ޕްލޭންތަކަށް ބަލާއިރު، އޯޕަން-ޓޮޕް ބަހުގައި ބާއްވާ މި ވިކްޓްރީ ޕެރޭޑް ފަށާނީ އެމިރޭޓްސް ސްޓޭޑިއަމުންނެވެ. ޕެރޭޑް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި ޑްރޭޓަން ޕާކް، އޯބާޓް ޕާކް، ހައިބަރީ ގްރޯވް އަދި އަޕަރ ސްޓްރީޓް ހިމެނެއެވެ. މި ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ އިސްލިންގްޓަން ޓައުން ހޯލަށެވެ. މި އިވެންޓް ފެށުމަށް ލަފާކުރެވެނީ 31 މޭގެ ހެނދުނު ނުވަތަ މެންދުރުގެ ވަގުތެއްގައެވެ.

މި ޕެރޭޑް ބާއްވާ ވަގުތުގެ ސަބަބުން ހަންގޭރީއަށް މެޗު ބަލަންދާ އެތައް ހާސް ސަޕޯޓަރުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބޭރުގެ މީޑިޔާ ތަކުންވަނީ ބުނެފައެވެ. ބުޑަޕެސްޓްގައި ކުޅޭ ފައިނަލް މެޗަށްފަހު، އެނބުރި އުތުރު ލަންޑަނަށް އައިސް ޕެރޭޑްގައި ބައިވެރިވުމަށް ސަޕޯޓަރުންނަށް ލިބޭނީ 24 ގަޑިއިރަށްވުރެ ކުރު ވަގުތުކޮޅެކެވެ. މިއީ ދަތުރުފަތުރުގެ ގޮތުން ސަޕޯޓަރުންނަށް ކުރިމަތިވާނެ ބޮޑު "ލޮޖިސްޓިކަލް" ގޮންޖެހުމެއްގެ ގޮތުގައި ބޭރުގެ މީޑިޔާ ތަކުން ވަނީ ފާހަގަކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި