ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާއިން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދުވަހާ ގުޅިގެން އައިޖީއެމްއެޗްގައި ބޭއްވި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކަށް އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް، ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ތަޣައްޔަރުވުމަކީ މިފަދަ ބަލިތަކަށް މަގުފަހިވާ މުހިއްމު ސަބަބެއްކަމަށް ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ" ކަމަށެވެ. އަދި ނޭވާ ހިއްލުމާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން ވިސްނައިދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ނޭވާލާ ނިޒާމުގެ ބަލިތަކަށްދޭ ކުއްލި ފަރުވާ ހަރުދަނާކޮށް، ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރަން މަސައްކަތްް ކުރަންޖެހޭ: މެޑަމް ސާޖިދާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.