މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހި ޙައްޖުވެރިން މިނާގައި ތިބޭނެ އިންތިޒާމްތައް ހަމަޖައްސައި، އެ ސަރަޙައްދުގެ ތައްޔާރީތައް ނިންމާލައިފިއެވެ. ދިވެހި ޙައްޖުވެރިން މިއަހަރުވެސް ތިބުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުވެސް އެ ފަރާތްތައް ތިބި ސަރަޙައްދުގައެވެ. މިނާގެ އެންމެހާ އިންތިޒާމްތައް ކުރިއަށްގެންދަނީ މައްކާގެ އެޖެންޓެއް ކަމަށްވާ ރަވާފް މިނާގެ އެހީތެރިކަމާއެކުގައެވެ. ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ވަނީ ރަވާފް މިނާއާއާ ބައްދަލުކުރައްވައި، މިނާގައި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. މިނާގެ ތައްޔާރީތަކާ ގުޅޭގޮތުން ޙައްޖު މިޝަނުން ބުނީ، ޓެންޓުތަކާއި އެހެނިހެން ޚިދުމަތްތައްދޭ ފެސިލިޓީތަކުގެ އިމާރާތްކުރުމުގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ޓެންޓުތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގެންގޮސް، އެތަންތަން ތަރުތީބުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މިއަހަރުގެ ޙައްޖުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފާޚާނާތަކާއި ކެއިންބުއިމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށެވެ. އެގޮތުން ކުރިން ދިވެހިން ބޭނުންކުރަމުންދިޔަ ވިއްސަކަށް ފާޚާނާގެ ބަދަލުގައި، މުޅިން އައު އިމާރާތެއް ބިނާކޮށް ފާޚާނާގެ އަދަދު ވަނީ 60 އަށްވުރެ އިތުރުކޮށްފައެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާޚާނާ ބަރިތައް ހުންނާނެހެން ވަނީ އިންތިޒާމްކޮށްފައެވެ. ކެއިންބުއިމުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ބަދިގެ ސަރަޙައްދު ބޮޑުކޮށް، އިތުރު ފެސިލިޓީތައް ވަނީ ގާއިމްކޮށްފައެވެ. މިހާރު ކުރިއަށްދަނީ ކެއްކުމަށް ބޭނުންވާ ތަކެތި ޓެންޓުތަކަށް ގެނައުމުގެ މަސައްކަތްތަކެވެ. މިނާއަކީ އަރަފާތު ދުވަސް ފިޔަވައި، މަޝާއިރުތަކުގެ އެހެން ހުރިހާ ދުވަހެއްގައި ޙައްޖުވެރިން ހޭދަކުރާ މުހިންމު ބިމެވެ. ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ މައި ބޮޑު މަގަކަށް ވާތީ، ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން މިއީ ޖަމުރާއަށް ހިލައުކުމަށް ދިއުމަށްވެސް އެންމެ ފަސޭހަ އެއް ސަރަޙައްދެވެ. ޙައްޖުވެރިން ޓެންޓުން ނިކުމެގެން ވަކި ހިސާބަކަށް ދިއުމުން، ޖަމުރާއަށް ދާ މަގުގައި އަވިން ސަލާމަތްވުމަށް ހިޔާވެސް ލިބޭނެއެވެ.
މިއަހަރުގެ ޙައްޖުވެރިން މިނާގައި ތިބޭ ސަރަޙައްދުގެ އިންތިޒާމްތައް ފުރިހަމަކޮށްފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.