ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ކުރިއެރުމަށާއި ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށް އަމާޒުކޮށްގެން ބާއްވާ ތާރީޚީ "އައްޑޫ ބިޒްނަސް ޑައިލޮގް" މި މެއި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ރާއްޖޭގެ ވަކި ސަރަޙައްދަކަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ އިޤްތިޞާދީ ފޯރަމެވެ. މި ފޯރަމަކީ ވިޔަފާރިވެރިންނާއި، އިންވެސްޓަރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ސިނާޢީ ދާއިރާތަކުގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އައްޑޫ އާއި ދެކުނުގެ ސަރަޙައްދުގެ މުސްތަޤުބަލާ މެދު މަޝްވަރާކުރާނެ މުހިންމު މަންސައެކެވެ. މި ފޯރަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވީ، "މިއީ ސިނާޢަތުގެ ބައިވެރިންނާ ބައްދަލުކޮށް، ވިޔަފާރިތަކަށް ހުރި ފުރުޞަތުތަކާއި ދެވޭނެ އިނާޔަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެއް" ކަމަށެވެ. އައްޑޫ ސިޓީއަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސް އަދި ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން ބޮޑު ކުރިއެރުމެއް ހޯދިދާނެ ސަރަޙައްދަކަށް ވާއިރު، މި ފޯރަމްގައި ސަރުކާރުގެ ގިނަ ވުޒާރާތަކަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީ، ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުހިންމު މުވައްސަސާތައް ހިމެނެއެވެ.
ދެކުނުގެ އިޤްތިޞާދު އާ އުސްމިންތަކަކަށް: 'އައްޑޫ ބިޒްނަސް ޑައިލޮގް' މި މަހު ބާއްވަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.