އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ހެލްތު އެންޑް މީޑިއާ މިނިސްޓަރ ޑރ. ނަލިންދާ ޖަޔަތީސާ ރާއްޖެވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އާ ގުޅިގެން މިއަހަރުގެ ސަމިޓް ރާއްޖޭގައި އިންތިޒާމް ކުރަނީ ޕީއެސްއެމްއިންނެވެ. މި މަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްދާ މި ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް އިއްޔެ ފަށާފައިވާއިރު، ސަމިޓް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" އެވެ. މި ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި، އެ ދާއިރާގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވާ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާގެ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ޒިންމާދާރު އަދި މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށް، އައު އަމާޒުތައް ކަނޑައެޅުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މިއީ ސަރަޙައްދީ ފެންވަރުގައި ބްރޯޑްކާސްޓަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓެވެ. ސަމިޓުގެ ޕްލިނަރީ ސެޝަންތައް މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ސަމިޓް ނިންމާލުމުގެ ގޮތުން މި މަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ސްރީލަންކާގެ މީޑިއާ މިނިސްޓަރު ރާއްޖެ ވަޑައިގެންފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.