1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޔާމީންގެ ސަރުކާރުގައި ފްލެޓް އެޅީ އިތުރު ގޮތެއް ނެތި މަޖުބޫރުވެގެން: ޔައުޤޫބް

OnEk2Od045dXLLQwrv6XmQSyDeUWIId4jmC2Exjk
ރައްޔިތުންގެ މަޖުލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
ޢަޒީޒާ އަފީފް
419ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ފްލެޓް އަޅާފައިވަނީ އިތުރުގޮތެއްނެތި މަޖުބޫރުވެގެންކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ ރައީސް ޔާމީން އަވަސް އަރުވާލާފައި ފްލެޓް އަޅަން ނިންމީ ރައީސް ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް ކުރެވިފައި އޮތުމުން އެއަށް ވުރެ ފުރިހަމަކޮށް ހިންގައިގެން ނޫނީ ވެރިކަމުގައި ދެމިނުހުރެވޭނެ ކަން އެމަނިކުފާނަށް އެނގޭތީކަމަށެވެ.

އެހެންނަމަވެސް ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތަކަށްވުރެ ފުރިހަމަ ފްލެޓްތަކެއް އަޅަން އުޅުމުން ޔާމީން ނާކާމިޔާބުވެފައިވާ ކަމަށް ބުނެ ޔައުޤޫބް ވިދާޅުވީ ޔާމީނަށް ވެސް ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ނުދެވުނު ކަމަށެވެ.

300 × 250

ޔާމީންގެ ސަރުކާރުގައި އަޅާފައިވާ ހިޔާ ފްލެޓްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވީ އެ މަޝްރޫއު ހިންގާފައި އޮތީ ރަނގަޅަށް ނޫން ކަމަށާއި ވަރުގެ ޖާގައިގެ ފްލެޓްތަކަކީ ދިވެހިންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށެވެ.

ނަޝީދުގެ ސަރުކާރުގައި ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އަސާސީ ހައްގެއްކަން ދިވެހިންނަށް އަންގައިދީ ފްލެޓް އެޅުމުގެ މަޝްރޫއު ފަށާފައިވާކަން ޔައުގޫބް ވަނީ ފާހަގަކޮށްފައެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި ނަޝީދުގެ ސަރުކާރުގެ ކުރިން ރާއްޖޭގައި އޮތް ސަރުކާރުން ރައްޔިތުންގެ ހައްގު ހޯދައިދީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށާފައި ނުވެއެވެ. އެހެންކަމުން ރައީސް ނަޝީދުގެ ވެރިކަމަށްފަހު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ސަރުކާރަށް މަޖުބޫރުވަނީ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި