ވަރުބަލިވުމެއް ފޫހިކަމެއްނެތި ނަރުހުން އަދާކުރާ ބޮޑު މަސްއޫލިއްޔަތުގެ އަގު، މީގެ ކުރީގެ އެހެން އެއްވެސް ދުވަސްވަރެއްގައި ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ ބުރަ އަދި އެންމެ ޝަރަފުވެރި އެއް ޒިންމާ ރެޔާއިދުވާލު އުފުލަމުންދާ ހީވާގި ނަރުހުންނަށް، ސާބަހާއި ތާރީފާއެކު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް ނަރުހުންގެ އަޑު އަހައި އިޖާބަދޭނެ ކަމަށާއި، ނަރުހުންނަށް ފައިދާ ހުރި އެތައް ކަމެއް އިސްކަންދީގެން ފަހިކޮށްދޭނެ ކަމަށެވެ. ނަރުހެއްގެ މަސައްކަތަކީ ވަށައިޖެހިފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ނަރުހުންގެ ޚިދުމަތަކީ ދެވޭ މުސާރައަކަށްވުރެ، އެ ޚިދުމަތުން ލިބޭ ސަވާބާއި ދަރުމަ އަދި އަނެކުންގެ ފުށުން ލިބޭ ހިތްހެޔޮކަމާއި ހެޔޮ ދުޢާ އެތައް ގުނައަކަށް އިތުރު މާތް މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މީސްމީޑިއާ މެދުވެރިކުރައްވައިވެސް ނަރުހުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔުމާއި، ބަލި ފަސޭހަވެ އެނބުރި ދިއުމާ ހަމައަށް ޚިދުމަތުގައި ދެމިތިބެނީ މުރާލި ނަރުހުންނެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއެކު ނަރުހުން ކުރަމުންދަނީ މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މަސައްކަތެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ނަރުހުންގެ އަގު މީގެ ކުރިން ވަޒަން ނުކުރާ މިންވަރަށް މި ސަރުކާރުން ވަޒަން ކުރާނެ: ރައީސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.