1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އެންމެ ފަހުގެ ތައްޔާރީތައް ޙައްޖު މިޝަނުން ބައްލަވާލައްވައިފި

haja
މަރްޔަމް ޝަފާ ސައީދު
123ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ޙައްޖު މިޝަނުން، މައްކާގައި ދިވެހި ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ. މިހާރު ކުރިއަށްދަނީ އަންނަ ހުކުރު ދުވަހު ޙާޖީން މައްކާއަށް އަންނަންވާއިރަށް ނިންމަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ދިވެހިރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކޮށްފައިވަނީ ޙައްޖުވެރިން ތިބުމަށް ހަމަޖެހިފައިވާ އަލްބަލަދް އައްޠައްޔިބް އަޖިޔާދް ހޮޓަލުގައެވެ. ޙައްޖު މިޝަނުން ގެންދަނީ ޙައްޖުވެރިންގެ އެންމެހާ އިންތިޒާމްތައް ސަޢުދީގެ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރަމުންނެވެ. އެގޮތުން މިޝަންގެ ޓީމުން ވަނީ ހޮޓަލުގެ ޚިދުމަތްތަކާއި ކޮޓަރިތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

ޖުމްލަ 355 ކޮޓަރީގެ މި ހޮޓަލުގައި ޙާޖީންނަށް ބޭނުންވާނެ އެންމެހާ އިންތިޒާމްތައް ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ކެއިންބުއިމުގެ އިންތިޒާމްތަކާއި، ޞިއްޙީ ފަރުވާ ދިނުމަށް ޚާއްޞަ ކްލިނިކެއްގެ އިތުރުން ދީނީ ސެޝަންތައް ބޭއްވުމަށް ބޭނުންވާ އިންތިޒާމްތައް ހިމެނެއެވެ. ކޮޓަރިތަކަށް ބަލާއިރު، ކޮންމެ ޙާޖީއަކަށް ވަކި އެނދެއް ހަމަޖެހިފައިވާއިރު، އަލަމާރި، ފުރިޖު، ޓީވީ، ފެންކައްކާ ޖަގު އަދި ހޫނުފެން ލިބޭނެ އިންތިޒާމް ފާޚާނާތަކުގައި ވަނީ ޤާއިމުކޮށްފައެވެ.

300 × 250

ޙައްޖު މިޝަނުން ވިދާޅުވީ، "ޙައްޖުވެރިންނަށް ޚިދުމަތްދޭ ކޮޓަރިތަކުގައި، ޙައްޖުވެރިންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމުކޮށް، ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ވަރަށް ރަނގަޅަށް" ކަމަށެވެ.

ދިވެހިރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ދަށުން ޙައްޖަށްދާ އެންމެހާ ފަރާތްތަކުގެ ކަންކަން 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ދަށުންނެވެ. ޙައްޖު މިޝަނުން ގެންދަނީ މައްކާގައި ދިވެހިންނަށް ބޭނުންވާ އެންމެހާ ކަންކަން ހަމަޖެއްސުމުގައި ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާކަން ކަށަވަރުކުރަމުންނެވެ.

މީގެ އިތުރުން، މިނާ އާއި އަރަފާތުގެ އިންތިޒާމްތަކާއި، ދަތުރުފަތުރާއި މައްކާ ރޫޓުގެ ކަންކަންވެސް މިޝަނުން ދަނީ ބަލަމުންނެވެ. އަދި ޙައްޖުވެރިންނަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ވަނީ ރޭވިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި