1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭގައި ހިންގާ އަތޮޅު ފިހާރަތައް އަތޮޅުކައުންސިލް ތަކަށް ދިނުމަށް މަސައްކަތް ކޮށްދެއްވާނަން - ނަޝީދު

viber_image_2021-12-07_14-27-06-298
ގއ އަތޮޅު ކައުންސިލުން ރައީސް ނަޝިދާއި އެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު
މުހައްމަދު އަޚްތަރު
804ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކަށް ރަޖިސްޓްރީކޮށް އެތަނުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ގއ އަތޮޅު ކައުންސިލް އިން އިސްނަގައިގެން އަތޮޅު ފިހާރަތައް އެއަތޮޅަކަށް ރަޖިސްޓްރީކޮށް އާމްދަނީ ލިބިގަތުމުގެ ބާރުވެރިކަން ހޯދުމަށްޓަކައި ކުރައްވަމުން ދެންދަވާ މަސައްކަތްތަކުގައި މނިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ކުރިއަށް ގެންދެވި ބައްދަލުވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގއ އަތޮޅު ކައުންސިލްގެ ނައިބް ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަތޮޅު ފިހާރަތައް އަތޮޅު ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމުގައި މަޖިލިސްގެ އެކިއެކި ކޮމިޓީތަކުން ކުރަން ޖެހޭ އެންމެހާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވަވާފައިވާ ކަމަށެވެ. އަދި މާލޭގައި ހިންގާ ރާއްޖޭގެ ރައްޔިތުންގެ އަތޮޅު ފިހާރަތައް އެއަތޮޅެއްގެ ބާރުވެރިކަމަށް ދިނުމަކީ އަބަދުވެސް އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއްކަން ފާހަގަ ކުރެއްވި ކަމަށްވެސް ގއ އަތޮޅު ކައުންސިލްގެ ނައިބް ވިދާޅުވިއެވެ.

300 × 250

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ އިތުރުން ގއ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ނާސިހު އިބްރާހިމް، ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާޙިމް ވަހީދު، ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ހަކީމް، ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް، ގެމަނަފުށި ކައުންސިލްގެ ރައީސް އިބްރާހިމް ނަޝީދު އަދި އަތޮޅު ކައުންސިލްގެ އެސްޖީ މުހައްމަދު ފަތުހީގެ އިތުރުން ގއ އަތޮޅަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ އަދުނާން ހަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އަތޮޅު ފިހާރަތައް އަތޮޅަށް ހިބަވެ ހަމަޖެހިގެން ދިއުމަކީ މުޅި ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެއް ކަމަށާއި، ގއ އަތޮޅު ކައުންސިލުން ފާސްކުރި ޚާއްސަ ގަރާރެެއްގެ ދަށުން މިމަސައްކަތް ކުރައްވާތީ އުފާކުރައްވާ ކަމަށެވެ. އަދި މިކަމުގައި ދައުލަތުން ދެއްވާ އެއްބާރުލުމާއި ކަމާބެހޭ އިދާރާތަކުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިއަދު ކުރެއްވި ބައްދަލުވުމަށްފަހު ގއ އަތޮޅު ކައުންސިލްގެ ނައިބުރައީށް ނާސިހް އިބްރާހިމް ވިދާޅުވީ، ރައީސް ނަޝީދު ދެއްވެވި އިތުބާރާއި މާލެސިޓީ ކައުންސިލްގެ ފަރާތުން ލިމެބުންދާ އެއްބާރުލުމާއިއެކު ކުރިއަށް އޮތް 3 މަހެއްހާ ދުވަސްތެރޭގައި އަތޮޅު ފިހާރަތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ރަޖިސްޓްރީ ކުރެވިގެންދާނެ ކަމަށް ޔަގީން ކުރެވޭ ކަމަށާއި، މިއީ ސަރުކާރާއި މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހޭ ކަމެއް ކަމުގައެވެ.

ނާސިހް އިތުރަށް ވިދާޅުވީ، މިމަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއްފަރާތް ކަމުގައި ގއ އަތޮޅު ކައުންސިލްގެ ރައީސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް މިކަމުގައި ކުރައްވަން ޖެހުނު ހުރިހާ މަސައްކަތެއްގައިވެއް އުޅުއްވާ ކަމަށާއި، އަދި ހުރިހާ މަސައްކަތެއްވެސް ވަރަށް ކައިރިން ބައްލަވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި