1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާއާ ގުޅިގެން "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ ލައިސަންސް ސަސްޕެންޑުކޮށްފި

1-Duke-of-York-(42)
އެމްވީ ޑޫކް އޮފް ޔޯކް
ނަދީމް އަލީ
224ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވ. އަތޮޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ޑައިވިން ހާދިސާއާ ގުޅިގެން، އެ ހާދިސާ ހިނގި "އެމްވީ ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ރޭ ސަސްޕެންޑުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، 2010 ވަނަ އަހަރު ބަނދެފައިވާ މި ސަފާރީގެ ލައިސަންސް ހިފެހެއްޓީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. "އައިލެންޑު ކްރޫޒް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން އޮޕަރޭޓްކުރާ މި ސަފާރީގެ ލައިސަންސް ސަސްޕެންޑުކުރީ، ވ. އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށް ދިމާވި މި ހާދިސާގައި އެކަކު މަރުވެ، އިތުރު ފަސް ޑައިވަރުން ގެއްލުމާ ގުޅިގެންނެވެ.

ގެއްލިގެން ހޯދަމުންދާ ޑައިވަރުން ތިބި ކަމަށް ބެލެވޭ ސަރަހައްދު.

300 × 250

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިޓަލީގެ ފަސް މީހުންނެވެ. ރާއްޖޭގެ ޑައިވިން ގަވާއިދުތައް ބުނާގޮތުން ޑައިވްކުރުމަށް ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ނަމަވެސް، މި ހާދިސާގައި މަރުވި މީހާގެ ހަށިގަނޑު ފެނިފައިވަނީ މާ ފުން ސަރަހައްދަކުންނެވެ.

މި ހާދިސާގައި މަރުވި އިޓަލީގެ ފަސް މީހުން.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) އަޑިން، ކޭވްއެއްގެ ތެރެއިންނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި