1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވިއަން މެދުވެރިކޮށް އޮސްޓްރޭލިއާއިން އަހަރަކު 11،000 ފަތުރުވެރިން

Maldivian,_Airbus_A320-214,_8Q-IAN
އަހުމަދު ލަޔާން
206ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން ރާއްޖެއަށް އަހަރެއްގެތެރޭ 11،000 ފަތުރުވެރިން ގެނެވޭނެ ކަމަށް މޯލްޑިވިއަނުން ލަފާކޮށްފިއެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

މޯލްޑިވިއަނުން ވިދާޅުވީ، އޮސްޓްރޭލިއާއަށް ދަތުރު ފެށުމަށް ނިންމީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށާއި، މި ދަތުރުތަކުގެ ސަބަބުން ރާއްޖެއަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމަށެވެ. މި ދަތުރުތައް ކުރަނީ، އޮސްޓްރޭލިއާގެ މެލްބަންއިން ރާއްޖެއަށެވެ. މޯލްޑިވިއަނުން ހަފުތާއަކު 1 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖެއިން އޮސްޓްރޭލިއާއަށް ދަތުރުކުރާނީ، އާދިއްތަ ދުވަހުއެވެ. އަދި އޮސްޓްރޭލިއާއިން އެނބުރި ރާއްޖެއަށް އަންނާނީ، އަންގާރަ ދުވަހުއެވެ. މިއީ، 11 ގަޑިއިރުގެ ދިގު ދަތުރެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ފައިނޭންޝަލް ކޮންޓްރޯލަރ އަޙްމަދު ރަމީޒު ވިދާޅުވީ، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ދަތުރު ފެށުމަށް ނިންމީ ރޫޓު ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އޮސްޓްރޭލިއާ ނޫން އެހެން ޤައުމުތައްވެސް ދިރާސާކުރި ކަމަށާއި، ނަމަވެސް މެލްބަންއަށް ދަތުރު ފެށުމަށް ނިންމި އެއް ސަބަބަކީ މެލްބާންއަކީ ރާއްޖޭގެ ޓޫރިސްޓުން އެންމެ ގިނަ އެއް ޤައުމުކަމަށްވުން ކަމަށް ވިދާޅުވިއެވެ.

300 × 250

"2025ގައި އެރައިވަލްސްއަކީ 40،000. އެއީ، އޭގެކުރީ އަހަރާއި އަޅާބަލާއިރު %17 އިތުރުވުމެއް. އެހެންވީމަ އަޅުގަނޑުމެންނަށް މިކަހަލަ ގްރޮވިން މާކެޓްސްތަކަށް އަޅުގަނޑުމެން މިބަލަނީ، އަބަދުވެސް ސްޓެޕިން ކޮށްގެން ޤައުމީ އެއާލައިންގެ މާކެޓް ޝެއަރ އިންކްރީޒް ކޮށްގެން ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަގުތައް ތަނަވަސްކޮށްދިނުން." އަޙްމަދު ރަމީޒު ވިދާޅުވިއެވެ.

އަޙްމަދު ރަމީޒު ވިދާޅުވީ، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފަށާ ސީދާ ދަތުރުތަކަށް ޑިމާންޑް ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ފްލައިޓްތައް މިހާރުވެސް %50 ފުލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފްލައިޓްތައް މިހާރު އެހުރީ %50 ފުލްވެފައި ނޮވެމްބަރއާއި ހިސާބަށް. ފުރަތަމަ 3 ފްލައިޓް އިނީ، %100 ފުލްވެފައި. އަޅުގަނޑުމެންގެ ފްލައިޓް އަންނަނީ، 264 ޕެސެންޖަރުންނާއިއެކު ފުލްކޮށް. ފުރަތަމަ 3 ފްލައިޓުން މި އަންނަނީ، 700 އެއްހައި މީހުން. އެހެންވީމަ ވަރަށް ބޮޑު ކާމިޔާބީއެއް. ހަޤީގަތުގައި އަޅުގަނޑުމެންނަށް މެއިންޓެއިން ކުރެވިއްޖިއްޔާމުން މުޅި އަހަރަށް ބަލާއިރު 11000 ވަރަކަށް ޓޫރިސްޓް އެރައިވަލްސް އަންނާނެ ކަމަށް. މިކަމުގެ ސަބަބުން ރިސޯޓްތަކުގެ އޮކިއުޕަންސީވެސް އެބަ ހައިވޭ." އަޙްމަދު ރަމީޒު ވިދާޅުވިއެވެ.

މޯލްޑިވިއަނުން ފާހަގަކުރާ ގޮތުގައި މި ދަތުރުތަކާއިއެކު ދައުލަތުގެ ޓެކްސް އާމްދަނީވެސް އިތުރު ވެގެންދާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް ޓެކްސް އާމްދަނީއަށް އިތުރު 10 މިލިޔަން އިތުރު ވެގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ އަންދާޒާކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި