1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބ. ކިހާދޫގައި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފި

IMG-20260523-WA0007
ބ. ކިހާދޫގައި ބޭއްވި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތް - ފޮޓޯ: އެމްއެންޑީއެފް
ނަދީމް އަލީ
189ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު-1 ކާމިޔާބުކަމާ އެކު ނިންމާލުމުގެ އުފަލުގައި، ބ. ކިހާދޫގައި އެމްއެންޑީއެފް މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިއަދު ބާއްވައިފިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް ހިންގާ، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ހުންނަ ބ. ކިހާދޫގެ ބަނދަރު ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްގެންދިޔައީ، މިއަދު ހަވީރު 16:0 އިން 18:00އަށެވެ.

އެމްއެންޑީއެފް މިލިޓަރީ ބޭންޑުން ވަނީ މި ހަރަކާތުގައި ހިތްގައިމު ރީތި ރާގުތަކަށް މިއުޒިކު ކުޅުމާއި، ދިވެހި ސަގާފީ އައިޓަމްތައް ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ޚާއްޞަ ދެ މެސްކޮޓަކާ އެކު ކުޑަކުދިންނަށް އުފާވެރި މާޙައުލެއް ބިނާކޮށްދީ، ހަދިޔާ ވެސް ވަނީ ބަހާފައެވެ.

300 × 250

މިއީ ސިފައިންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން، ސިފައިންގެ ޤައުމީ ޚިދުމަތްތަކުގައި މަދަނީ މުޖުތަމައުގެ އެއްބާރުލުން ދެމެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ. ޚާއްޞަކޮށް، ބ.ކިހާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އެމްއެންޑީއެފުން ޝުކުރުވެރިކަމާ އެކު ފާހަގަކުރަމެވެ.

ބ. ކިހާދޫ ބަނދަރު ސަރަހައްދަށް އެއްވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުންގެ ފަރާތުން މި ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ބ. ކިހާދޫގައި ބޭއްވި މިލިޓަރީ ބޭންޑުގެ ޚާއްޞަ ހަރަކާތް - ފޮޓޯ: އެމްއެންޑީއެފް

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި