އަންހެނަކު އޭނަގެ ފރިމީހާގެ ބަނޑަށް ވަޅި ހެރުމުގެ ސަބަބުން އެފިރިހެން މީހާގެ ހާލު ސީރިޔަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިމަހު 6 ވަނަ ދުވަހުގެ ރޭ އުމުރުން 34 އަހަރުގެ ފިރިހެނަކަށް ތޫނުއެއްޗަކުން ހަމަލާދިންކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުޤީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތުލިބޭ ގޮތުގައި އެއަންހެންމީހާއަކީ ނަފްސާނީ ބައްޔަށް ބޭސްކުރާ މީހެކެވެ. އޭނަގެ ފިރިމީހާގެ ބަނޑަށް ވަޅިހެރުމުގެ ސަބަބުން އެފިރިހެންމީހާއަށް އައިޖީއެމް އެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އަދި ބަލިމީހާގެ ހާލު މިވަގުތު ސީރިޔަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.