މެދުތެރޭ ލާއޯސްގެ ފެންބޮޑުވެފައިވާ ކޭވް ނުވަތަ ހޮހަޅައެެއްގެ ތެރޭގައި ތާށިވެ، އެއްވެސް އަލިކަމެއް ނެތް އަނދިރީގައި ހަފްތާއަކަށްވުރެ ގިނަ ދުވަސް ހޭދަކުރި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ދިރިތިއްބާ ފެނިއްޖެއެވެ. ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ކުރިއަށްދާ މި ރެސްކިއު އޮޕަރޭޝަނުގައި މިހާރު މަސައްކަތް ކުރަމުންދަނީ ސަލާމަތްވި މީހުން ބޭރަށް ނެރުމަށާއި، ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމަށެވެ.
ކޭވް ޑައިވަރުންގެ ޓީމަކަށް މި ފަސް މީހުން ފެނިފައިވަނީ 27 މޭ 2026 ވީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެ މީހުން ފެނުނީ މައިނުގެ ފުން ހިސާބެއްގައި އޮތް ކަޅުކުލައިގެ މަޑުގަނޑެއްގެ މަތީގައި ތިއްބައެވެ. ސަލާމަތްވި މީހުން ތިބީ ވަރަށް ބޮޑަށް ބަލިވެ، ބަނޑުހައިވެފައި ނަމަވެސް، އެމީހުންގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ. ރެސްކިއު ގްރޫޕްތަކުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޑައިވަރުން އެމީހުންނަށް ކާބޯތަކެއްޗާއި މެޑިކަލް އެހީތެރިކަން ފޯރުކޮށްދިނުމުން އެމީހުން ތިބީ ވަރަށް ބޮޑަށް އުފާވެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މޭ 19، 2026 ގައި ޒައިސޮމްބޫން ޕްރޮވިންސްގެ ފަރުބަދަމަތީ ހިސާބެއްގައި ހުރި މި ކޭވް ނުވަަތަ ހޮހަޅައަށް ހަތް މީހުންގެ ގްރޫޕެއް ވަނުމުންނެވެ. އެމީހުން އެތަނަށް ވަނީ ވަލުޖަނަވާރު ހޯދުމަށާއި ރަން ހޯދުމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުއްލިއަކަށް ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ހޮހަޅައިގެ ދޮރު ބަންދުވީއެވެ. މިކަމުގެ ސަބަބުން އެ ގްރޫޕް ތާށިވީ ބިމުގެ 300 މީޓަރު އަޑީގައެވެ. މި ހާދިސާގައި އެކަކު ވަނީ ކޭވްގެ ދޮރު ބަންދުވުމުގެ ކުރިން ސަލާމަތްވެ، ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދީފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.