1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްވެރިންނަށް އުފާވެރިކަން، މަސް ގަންނަ އަގު ބޮޑުކޮށްފި

Photo Kendhoo Masverin
މަސްވެރިންނަށް އުފާވެރިކަން، މަސް ގަންނަ އަގު ބޮޑުކޮށްފި
ފޮންޓް ސައިޒް
އާދައިގެ

ދިވެހި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަށް ސަރުކާރުން ހައްލު ގެނެސްދެއްވައިފިއެވެ.

 

އެގޮތުން މަސް ގަންނަ އަގު ދަށްވުމަކީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަށް ވާއިރު، މަސް ގަންނަ އަގު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒު ކޮމްޕެނީ (މިފްކޯ)އިން ވަނީ ބޮޑުކޮށްފައެވެ. އެ ކުންފުނިން އާދިއްތަ ދުވަހު ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހު އެ ކުންފުނީގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށް ގަތް ނަމަވެސް، އާދިއްތަ ދުވަހު، އެ އަގު ވަނީ 18.50 ރުފިޔާއަށް މަތިކޮށްފައެވެ.

300 × 250

 

މަސްވެރިކަމުގެ ބާޒާރުގެ ހާލަތަށް ރިއާޔަތްކޮށް ގެނައި މި ބަދަލަކީ، ދާއިމީކޮށް ވަކި އަގަކަށް ނިންމި ނިންމުމެއް ނޫން ނަމަވެސް މިދުވަސްވަރު މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ދަށްވެފައިވާތީ، މިއަދު ވެސް މަސް ލިބޭ މިންވަރަށް ބަލައި އަގުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.

 

ބާޒާރުގައި އަގު ކިތަންމެ ބަދަލުވި ނަމަވެސް މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެސް ވެއެވެ.

 

ކަޅުބިލަމަހުގެ އަގަށް ބަދަލުއައި ނަމަވެސް، ބޮޑުކަންނެލި ގަންނަ އަގުތައް ހުރީ އެއްވަރެއްގައެވެ. އެގޮތުން 10 އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

300 × 250

 

މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ މަސްވެރިކަން ދަށްވުމުގެ އަސަރު މަސްވެރިންގެ އާމްދަނީއަށް ވެސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ސަރުކާރުގެ މި މުހިއްމު ފިޔަވަޅާއެކު މަސްވެރި އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި