ަތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން ޕީޕީއެމް ކައުންސިލް އިން ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް އާދޭސްކުރާ ކަމަށް އައްޑޫސިޓީ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. ނިހާދު މިހެން ވިދާޅުވީ، އިދިކޮޅުން ބާއްވަން އުޅޭ ޖަލްސާއަކީ ހުއްދަނެތި ބާއްވަން އުޅޭ ޖަލްސާއެއް ކަމަށް ހުޅުމާލޭގެ ކަންތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ކުންފުނި އެޗްޑީސީ އިން ވިދާޅުވުމާއި ގުޅިގެން ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލު ކުރުމަށް މާލެސިޓީ ކައުންސިލުން ނިންމެވި ނިންމެވުމާއި ގުޅިގެންނެވެ. https://twitter.com/nihad_m/status/1468841313898434560 އެގޮތުން މިއަދު ކުރެއްވި ޓުވީޓެއްގައި ނިހާދު ވިދާޅުވީ، އެޗްޑީސީއިން ހިންގަމުންދާ އަދި ހިންގަން އުޅޭ ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓުވުމުން އޭގެ ސީދާ އަދި ނުސީދާ ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ.
"ބޯހިޔާވަހިކަމާއި ތަރައްގީގެ އެކިއެކި ބިޔަ މަޝްރޫއުތައް ހުއްޓުވަން ޕީޕީއެމް ކައުންސިލުން ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް އާދޭސްކުރަން - ނިހާދު ވިދާޅުވިއެވެ.
ނިހާދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ހުޅުމާލޭ ފޭސް 2 ގައި ހިޔާފްލެޓް ސަރަހައްދުގައި ބާއްވަން އުޅުނު "ކޮތަރުކޮށި" ޖަލްސާއަކީ ހުއްދަނުނަގާ ބާއްވަން އުޅުނު ޖަލްސާއެއް ކަމަށްބުނެ ފުލުހުން ވަނީ އެޖަލްސާ ހުއްޓުވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.