1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފީފާ ވޯލްޑް ކަޕް: ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ގަތަރާއި ސުވިޒަލޭންޑް

qatar-switzerland-fifa-world-cup-betting-tips
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ގަތަރާއި ސުވިޒަލޭންޑް
ނަދީމް އަލީ
230ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގެ ފޯރިގަދަ ފެށުމުގައި، އޭޝިއާގެ ޗެމްޕިއަން ގަތަރުން ސުވިޒަލޭންޑާ ދެކޮޅަށް ނުކުތުމަށް ތައްޔާރުވެއްޖެއެވެ. ސެން ފްރެންސިސްކޯ ބޭ އޭރިއާގެ ލެވީސް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެ ދަމު ބާރަ ޖަހާއިރުގައެވެ.

މިއީ ގަތަރުގެ ފުޓްބޯޅައިގެ ތާރީޚުގައި ވަރަށް މުހިންމު މެޗެކެވެ. 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބާއްވާ ގައުމުގެ ހައިސިއްޔަތުން ވާދަކުރުމަށްފަހު، މިއީ ގަތަރުން ކޮލިފައިންގެ އުނދަގޫ މަރުހަލާތައް ކަނޑަނޭޅި 18 މެޗު ކުޅެގެން އަމިއްލަ ހިންމަތުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ކުރީގެ މުބާރާތުގެ ތިން މެޗުންވެސް ބަލިވެފައިވާތީ، ގަތަރުގެ މިފަހަރުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި އެގައުމުގެ ފުޓްބޯޅަ ކުރިއަރާފައިވާ މިންވަރު ސާބިތުކޮށްދިނުމެވެ.

އަނެއްކޮޅުން ސުވިޒަލޭންޑަކީ ޖެހިޖެހިގެން ހަވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރާ، ތަޖުރިބާކާރު ޓީމެކެވެ. އެންމެ ފަހުން ބޭއްވި ފަސް މުބާރާތުގެ ތެރެއިން ހަތަރު ފަހަރު ގަދަ 16 އިން އެޓީމު ވަނީ ކަޓާފައެވެ. އެހެންކަމުން މިފަހަރު އެ ނަތީޖާ ބަދަލުކުރުމަށް ސުވިޒަލޭންޑުން ބޭނުންވެއެވެ.

300 × 250

ގަތަރުގެ ޓީމު:

ގަތަރުގެ ކޯޗު ހޫލެން ލޮޕެޓެގީއަށް މި މެޗަށް ނުކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ މި މެޗަށް ޓީމު ރާވާފައިވަނީ 4-3-3 ގެ ފޯމޭޝަނަށެވެ. ގޯލް ބަލަހައްޓާނީ މަހްމޫދު އަބޫނަދާއެވެ. ޑިފެންސްގައި ތިބޭނީ ތަޖުރިބާކާރު ބޫލަމް ޚޫކީ އާއި ޕެޑްރޯ މިގޭލްގެ އިތުރުން އަޔޫބް އަލް އޮއި އަދި ހުމާމް އަހުމަދެވެ.

މެދުތެރޭގައި އަހުމަދު ފަތުހީ ޑިފެންސިވް ރޯލެއް އަދާކުރާއިރު، އޭނާއާއެކު އީސާ ލައި އަދި ޖާސިމް ގާބިރު ފެނިގެންދާނެއެވެ. ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ހުންނާނީ ކޮލިފައިންގައި 15 ލަނޑުގައި ހިއްސާވި ހުނަރުވެރި ފޯވާޑް އަކްރަމް އަފީފެވެ. އޭނާއަށް އެހީތެރިވުމަށް ޔޫސުފް އަބްދުލްރިޒާގް އަދި އެޑްމިލްސަން ޖޫނިއާ ހަރަކާތްތެރިވާނެއެވެ.

ގަތަރުން އުއްމީދު ކުރަނީ 2018 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ސުވިޒަލޭންޑް އަތުން 1-0 އިން ހޯދި ތާރީޚީ މޮޅު ތަކުރާރު ކުރުމަށެވެ. ނަމަވެސް، މިއީ ވޯލްޑް ކަޕެއްގައި މި ދެ ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ސުވިޒަލޭންޑްގެ ޓީމު:

މި މެޗަށް ނުކުންނައިރު ސުވިޒަލޭންޑް އޮތީ ވަރަށް ވަރުގަދަ ފޯމެއްގައެވެ. އެޓީމުގެ ކޯޗު މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ސުވިޒަލޭންޑުން ބޭނުންވަނީ މެދުތެރޭގައި އޮތް އެޓީމުގެ ފަންނީ މޮޅުކަން ބޭނުންކޮށްގެން ގަތަރުގެ ޑިފެންސް ފޫއަޅުވާލުމަށެވެ.

300 × 250

ސުވިޒަލޭންޑްގެ ގޯލް ބަލަހައްޓާނީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ އެއް ގޯލްކީޕަރު ކަމަށްވާ ގްރެގޯ ކޯބެލް އެވެ. ޑިފެންސް ލައިން ބެލެހެއްޓުމުގައި އިސްކޮށް ހުންނާނީ މެންޗެސްޓާ ސިޓީއަށް ކުޅޭ ތަޖުރިބާކާރު ޑިފެންޑަރު މެނުއަލް އަކާންޖީ އެވެ. އޭނާއާއެކު ފަހަތް ބަލަހައްޓާނީ ނިކޯ އެލްވެޑީ އެވެ.
މެދުތެރޭގައި ޓީމުގެ އިންޖީނުގެ ބަލަހައްޓާނީ ކެޕްޓަން ގްރޭނިޓް ޝާކާ އެވެ. ޝާކާގެ ތަޖުރިބާ އާއި ދުރު ރޭންޖުގެ ހަމަލާތަކަކީ ގަތަރަށް އޮތް އެންމެ ބޮޑު ބިރެވެ. އޭނާއާއެކު ރެމޯ ފްރޫލާ މެދުތެރޭގައި ހަރަކާތްތެރިވާއިރު، ހަމަލާ އުފެއްދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒެރްދާން ޝަގީރީ އެވެ.

ކުރިއަށް ކުޅޭ ފޯވާޑުންގެ ތެރޭގައި ހިމެނޭ ބްރީލް އެމްބޯލޯ އަކީ އޭނާގެ ހަލުވި ދުވުމާއި ވަރުގަދަ ހަށިގަނޑުގެ ބޭނުންކޮށްގެން އިދިކޮޅު ޓީމުގެ ޑިފެންޑަރުންނަށް ނުހަނު އުނދަގޫ ކުރާނެ ކުޅުންތެރިއެކެވެ. ސުވިޒަލޭންޑުގެ އަމާޒަކީ މުބާރާތުގެ ފެށުން ކާމިޔާބީއަކުން ފަށައި، ގަދަ 16 އިން ކެޓުމުގެ ސިލްސިލާ މިފަހަރު ނިންމުމަކަށް ގެނައުމެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި