1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޕޯޗުގަލްގައި އޮތީ ކާމިޔާބު ހޯދާނެ ހުނަރުވެރި ޖީލެއް: ރޮނާލްޑޯ

Untitled - 13 June 2026 at 12.56.06
ރޮނާލްޑޯ: ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕަށް ތައްޔާރުވާން ކުޅުނު މެޗެއްގެ ތެރެއިން.
ނަދީމް އަލީ
180ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ފަދަ ހުނަރުވެރި ޖީލެއް މިހާރު ޕޯޗުގަލްގެ ގައުމީ ޓީމުގައި އެބައޮތް ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިހެން ބުނީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މީޑިއާއާ ވާހަކަދައްކަމުންނެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯއަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅުމުގެ ޝަރަފު ހޯދާނެ މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

ރޮނާލްޑޯ ފާހަގަކުރި ގޮތުގައި، މިހާރު ޕޯޗުގަލްގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ ގައުމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ފެންވަރުގެ ކުޅުންތެރިންނެވެ. "ވަރަށް ރަނގަޅު ޖީލެއް މި އޮތީ. މިހާރު ޕޯޗުގަލް އަށް ވަރަށް ބައިވަރު ކަންތައްތައް ހާސިލްކޮށްދެވޭނެ ފެންވަރު އެބަހުރި މި ކުޅުންތެރިންގެ،" އޭނާ ބުންޏެވެ.

300 × 250

ޕޯޗުގަލްއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި މިހާތަނަށް ހަމައެކަނި މަދުވާ ތަށްޓަކީ ވޯލްޑް ކަޕެވެ. މި ފަހަރުގެ މުބާރާތަކީ އޭނާގެ ކެރިއަރުގައި މި ތަށި ހޯދަން ލިބޭނެ ފަހު ފުރުސަތު ކަމަށް ބެލެވޭއިރު، ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ނައިޖީރިއާ އަދި ޗިލީ އަތުން 2-1 އިން ޕޯޗުގަލް ވަނީ މޮޅުވެފައެވެ. ރޮނާލްޑޯ ބުނީ އޭނާގެ މުޅި އަމާޒު މިހާރު ހުރީ މުބާރާތުގެ ފުރަތަމަ މެޗަށް ކަމަށެވެ. "އެންމެ މުހިންމު ކަމަކީ ވެވުނު ރަނގަޅު ތައްޔާރީތަކުގެ ނަތީޖާ ފުރަތަމަ މެޗުގައި ދެއްކުން. އެކަން ކޮށްގެން އަހަރެމެންނަށް ފުރަތަަމަ މެޗުން މޮޅުވެވިއްޖިއްޔާ މިއީ ވަރަށް ރަނގަޅަށް ކުރިއަށްދާން އެޅޭ ފިޔަވަޅެއް،" އޭނާ އިތުރަށް ބުންޏެވެ.

ޕޯޗުގަލްގެ އެންމެ ބޮޑު އަމާޒަކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ދަތުރުކުރުމެވެ. އެ ގައުމުން ވޯލްޑް ކަޕެއްގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރު ހޯދި ތިންވަނަ އެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ކުއާޓާ ފައިނަލުންނެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި